Advertisement
ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 23:38
ފާމަސީން ބަޔަކު ބޭސް ގަންނަނީ
ފާމަސީން ބަޔަކު ބޭސް ގަންނަނީ
މުހައްމަދު ޝަރުހާން
އައިޖީއެމްއެޗް ފްލޫ ކްލިނިކް
އައިޖީއެމްއެޗް ފްލޫ ކްލިނިކް މާދަމާ ބަންދުކުރަނީ!
ފްލޫ ކްލިނިކަށް 5252 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ
ފްލޫ ކްލިނިކް ހުޅުވާފަ ވަނީ މާދަމާގެ ނިއަލަށް
ވަގުތީ ގޮތުން މެދުކަނޑާލި ސަރޖެރީތައް އަނެއްކާ ފަށަނީ

ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ ކްލިނިކް އާދިއްތަ ދުވަހު ބަންދު ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް އަހުމަދު މައުސޫމު ވިދާޅުވީ، ފްލޫ ކްލިނިކުން ޚިދުމަތް ދިނުން ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ކުރިއަށްދާނެ ކަމަށާއި އާދިއްތަ ދުވަހު ފްލޫ ކްލިނިކް ހުޅުވާފައި ނުހުންނާނެ ކަމަށެވެ.

މީގެ އިތުރުން، ފްލޫ ކްލިނިކް ބަންދު ކުރި ނަމަވެސް، ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ކުރިއެކޭ އެއްގޮތަށް އެ ހޮސްޕިޓަލުގައި ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުން ވަގުތީ ގޮތުން މެދުކަނޑަލާފައިވާ، އެމަޖެންސީން ނޫން އެހެން ނަމަވެސް އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ އޮޕަރޭޝަތައްވެސް އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ހުޅުވާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. އަދި މާޗު 14 ވަނަ ދުވަހު، ތާޖުއްދީން ސްކޫލަށް ފްލޫ ކްލިނިކް ބަދަލު ކުރުމަށްފަހު، މާޗު 24 ވަނަ ދުވަހުގެ ނިޔަލަށް އެ ސްކޫލުގައި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކުގައި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން އެދުވަހަށް ފަހު އަނެއްކާވެސް އެ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކުން ޚިދުމަތް ދޭން ފެށި އެވެ. 

މިހާތަން އައިޖީއެމްއެޗްގެ ފްލޫ ކްލިނިކަށް 5252 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

އައިޖީއެމްއެޗްގެ ފްލޫ ކްލިނިކް ބަންދު ކުރާ އިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖޭގައި ފެތުރެމުންދާ ރޯގާގެ ހާލަތު ލެވެލް ތިނަކުން އާއްމު ހާލަތަށް ގޮސްފައިވާކަން މިދިއަ ހަފްތާގައި އިއުލާނު ކޮށްފަ އެވެ.

މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން 6 މީހުން ވަނީ މަރުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް