Advertisement
ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 22:21
ފުލުސް އޮފީސް: އިދިކޮޅު އެކްޓިވިސްޓަކު ހައްޔަރުކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައި
ފުލުސް އޮފީސް: އިދިކޮޅު އެކްޓިވިސްޓަކު ހައްޔަރުކޮށްފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައި
މުހައްމަދު ޝަރުހާން
އެކްޓިވިސްޓަކު ހައްޔަރުކުރުން
ރައީސުލް ޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާ ގޮތަށް ޓްވީޓް ކުރާކަމަށް ބުނެ އިތުރު އެކްޓިވިސްޓަކު ހައްޔަރުކޮށްފި
އިންވެސްޓަރުންގެ އިތުބާރު ގެއްލޭ ގޮތަށް ލިޔަމުންދާ ކަމަށް ވެސް ތުހްމަތުކުރޭ

ރައީސުލް ޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާ ގޮތަށް ޓްވީޓް ކުރުމުގެ ތުހުމަތުގައި އިސްލާހީ މަސައްކަތުގައި އިދިކޮޅު ޕާޓީތަކާއެކު ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އެކްޓްިވިސްޓަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ޕާޓީ ތަކާއެކު އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވާ މުހައްމަދު ހަނީފު ހައްޔަރު ކުރުމާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ނައިބް ލީޑަރ އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާހީ މަސައްކަތުގައި އިސްކޮށް ހަކަރަކާތްތެރިވާ ހަނީފް މިދިޔަ މާޗް މަހުގެ30  ވަނަ ދުވަހުގެ ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށާއި ސިޔާސީ މަގްސަދަށްޓަކައި މީހުން ހައްޔަރު ކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނީފް ހައްޔަރުކޮށް ބަންދުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފައިވާ އިރު އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރައީސުލް ޖުމްހުރިއްޔާގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ހަބަރު ފަތުރާތީ އާއި ހަގީގަތާއި ހިލާފު ވާހަކަތައް ސޯޝަލް މީޑިއާގައި ފަތުރައި ރާއްޖެއަށް އަންނަން ތިބި އިންވެސްޓަރުންގެ އިތުބާރު ގެއްލޭގޮތަށް ލިޔަމުންދާ މައްސަލާގައެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ސްވައިން ފުލޫއާއި ގުޅޭ ގޮތުންވެސް ހަގީގަތް އޮޅޭ ގޮތަށް ހަބަރު ފަތުރާކަމަށް ތުހުމަތުކޮށްފައިވާކަމަށްވެސް ހަނީފްގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އޭނާއަކީ ޓްވިޓަރފަދަ ސޯޝަލް މީޑިޔާ އެކައުންޓެއްވެސް ގެންގުޅޭ މީހެއް ނޫން ކަމަށާއި ހަމައެކަނި އޭނާ ގެންގުޅެނީ ފެމެލީ ފޭސްބުކް އެކައުންޓެއް ކަމަށް ތަހުގީގުގައި ބުނެފައިވާ ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ވަނީ ލިބިފައެވެ.

މިކަމާގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސޯޝަލް މިޑީޔާގައި ފަތުރާ ޚަބަރުތަކާ ގުޅިގެން ތޮއްޔިބް ޝަހީމްވެސް ހައްޔރުކޮށް އަދިވެސް ވަނީ ފުލުހުންގެ ބަންދުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް