ކޮވިޑް-19 އަށް ޕޮޒިޓިވްވި 86 ވަނަ ކޭސްއަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މުއައްޒަފެއްކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ބުދަ ދުވަހުގެ މެންދުރުފަހުގެ ޕޮޒިޓިވްވި ކޭސް 85 އަދި 86 ދެދިވެހިން ކަމަށެވެ. ޑރ. އަފްޒަލް ވިދާޅުވީ ކޭސް 85 އާއި ގުޅުންހުރި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ އީދު މިސްކިތަށް ނަމާދަށް އަރާ މީހެއްކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.
ކޭސް 85 އަކަށް ބަލާއިރު ފުރަތަމަ އުޅެމުންދިޔައީ ރައްޓެއްސެއްގެ ކައިރީގައި. 21 އޭޕްރީލްގައި އަލާމްތައް ފެނިގެން ފްލޫ ކްނިކަށް ދައްކާ އޭގެފަހުން އުޅުނީ އޭނާގެ އަމިއްލަ ގޭގައި. މިހާތަނަށް މިމީހާއާ ގުޅިގެން އިތުރު އެހެން އެއްވެސް ކްލާސްޓަރއަކާ ކަނެކްޝަނެއް ފެނިފައިނުވޭ. މީނާއާ ގުޅިގެން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައި. އެކޮންޓްރެކްޓް ރޭސިން އިން ފެނުނީ 13 މީހެއް.ޑރ. އިބްރާހިމް އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ 86 ވަނަ ކޭސް އިތުރު އެހެން ކްލާސްޓަރތަކާ ގުޅިފައިވާ ކަމަށެވެ. އޭނާއަކީ އެސްޓީއޯގެ ހެޑް ކުއަރޓާސްގައި ސެކިއުރިޓީގެ ވަޒީފާއަދާ ކުރަމުންދާ މީހެއް ކަމަށް ޑރ. ވިދާޅުވި އެވެ. އަދި އޭނާއަކީ ޓެކްސީ ދުއްވާމީހެއްކަންވެސް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޑރ. އަފްޒަލް ވިދާޅުވީ އަލާމަތްތައް ފެނިފައިވަނީ 15 އޭޕްރީލްގައި ކަމަށާއި، މިހާރު އޭނާގެ ގައިން އަލާމަތެއް ނުފެންނަ ކަމަށެވެ. އަދި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާއިރު، މިހާތަނަށް 07 މީހަކު ފެނިފައިވާ ކަމަށެވެ.
ފެށިފައި މިއިންނަނީ ކޭސް 36 އަކާ އަމީނިއްޔާގައި ހުރި ބަގްލަދޭޝް މީހާ އެތަނުން އޭނާ ގޮސް މިހުރީ އެހެން ގެއެއްގައި. އެގޭގައި އިތުރު އެހެން މީހަކު ވެސް ޕޮޒިޓިވްވެފައިވޭ. އެއީ ކޭސް 74، ކޭސް 75 ، 83 މިއީ ވެސް ބަގްލަދޭޝް މީހުން. އެގޭގައި ހުރި މީހެއް މިއީ 86 އަކީ ވެސް. މީނައަކީ ދިވެއްސެއް.ޑރ. އިބްރާހިމް އަފްޒަލް
ޑރ. އަފްޒަލް ވިދާޅުވީ ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާއިރު، މިދެމީހުންނާ ދިމާވެފައިވާނަމަ އެކަން ރިޕޯޓުކޮށްދިނުމަށް އެދޭކަމަށެވެ. އަދި ވިދާޅުވީ މިމަސައްކަތްތަކަށް އާންމުންގެ އެއްބާރުލުން ނުލިބޭ ކަމަށްވާނަމަ ވައިރަސް ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.