ކ. މާލެ
|
21 އޭޕްރިލް 2020 | އަންގާރަ 12:08
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މިއަދުގެ މިއަދުގެ ޖަލްސާ ފެށުން ފަސްކުރުން
ކަރަންޓްކެނޑި ޓެކްނިކަލް މައްސަލައެއް ދިމާވެގެން މަޖިލީހުގެ ޖަލްސާ ފެށުން ފަސްކޮށްފި
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކު ރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވުން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ހާއްސަ ދެބިލް ހިމެނޭ
ކޮމެޓީތަކުން ނިންމާފައިވާ 3 ރިޕޯޓް ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ މަޖިލީހުގެ އިދާރާއިން ކަރަންޓް ކަނޑައިގެން ދިއުމާގުޅިގެން ދިމާވި ޓެކްނިކަލް މައްސަލައަކާހެދި ޖަލްސާ ފެށުން ފަސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މަޖިލީހުގެ އިދާރާއިން ކަރަންޓު ކެނޑުމާއި ގުޅިގެން ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ، އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފެށުން ލަސްކުރެވިފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލު ކުރެވުނުހާ އަވަހަކަށް ޖަލްސާ ފަށާނެ ގަޑިއެއް އިޢުލާން ކުރާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އެޖެންޑާގައި ވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ގެ 113 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާާ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ ހިމެނެއެވެ.

މީގެއިތުރުން، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ބިލާއި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ބިލުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށާއި ދެ ގަރާރަކަށް، ބަހުސް ކުރުންވެސް، އެޖެންޑާ ކޮށްފައި ވެއެވެ.

ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ 8 ކަމަކަށް ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވާއިރު، ކޮމެޓީތަކުން ހުށަހަޅާފައިވާ 3 ރިޕޯޓެއްވެސް ހިމެނެއެވެ.

- ކޮމެންޓް