ކ. މާލެ
|
21 އޭޕްރިލް 2020 | އަންގާރަ 00:46
ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19ގެ ކޭސްއެއް ފެނުން
އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ، ޖުމްލަ އަދަދު 69 އަކަށް!
20 ވަނަ ދުވަހު ވަނީ 15 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި
އޭގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއް
ޖުމްލަ 30 ދިވެހިންނާއި 39 ބިދޭސީން ބައްޔަށް ޕޮޒިޓިވްވެފައިވޭ

އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިޖެހިފައިވާ މީހުންގެ އަދަދު 69 އަކަށް އަރައިފިއެވެ.

މިކަން ހާމަކޮށް އެޗްޕީއޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 2 މީހެއް (ކޭސް 068، ކޭސް 069) މާލެއިން ފެނިފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއްކަމަށެވެ. އެ ދެކޭސް އަކީ ކުރިން ޕޮޒިޓިވް ވެފައިވާ ކޭސްއަކާއި ގުޅުން ހުރި ކޭސްއެއްކަމެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

އަލަށް ޕޮޒިޓިވްވި މި ދެ ކޭސްއާއިއެކު މާލެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 49 އަށް އަރާފައެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 69 ށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 39 ބިދޭސީންނެވެ.

- ކޮމެންޓް