ކ. މާލެ
|
20 އޭޕްރިލް 2020 | ހޯމަ 21:05
ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ސަރަހައްދެއް
ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ ސަރަހައްދެއް
ރާއްޖެއެމްވީ
ކޮވިޑް-19 ލޯކަލް ޓްރާންސްމިޝަން
ޕޮޒިޓިވްވި ހަތް މީހުންގެ ތެރޭގައި 4 އިންޑިއާ މީހުން ހިމެނޭ: އެޗްޕީއޭ
ޕޮޒިޓިވް ވެފައިވަނީ 4 އިންޑީއާ މީހުން
3 ދިވެހިން ވަނީ ޕޮޒިޓިވް ވެފައި
މިހާތަނަށް އިންޑިއާއަށް ނިސްބަތްވާ 6 މީހަކު ވަނީ ޕޮޒިޓިވްވެފަ

ކޮވިޑް-19 އަށް ޕޮޒިޓިވް ވި 7 މީހުންގެ ތެރޭގައި އިންޑިއާ 4 މީހަކު ހިމެނޭކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ހޯމަ ދުވަހު ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް އަބްދުއްއަޒީޒް ވިދާޅުވީ އިތުރު ހަތް މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ތިން ދިވެހިންނާއި ހަތަރު ބިދޭސީން ހިމެނޭ ކަމަށެވެ. އެޗްޕީއޭއިން ބުނެފައިވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 7 މީހެއް (ކޭސް 61، ކޭސް 62، ކޭސް 63، ކޭސް 64، ކޭސް 65، ކޭސް 66، ކޭސް 67) މާލެއިން ފެނިފައިވާކަމަށާއި މީގެތެރޭގައި 03 ދިވެއްސަކާއި 04 އިންޑިޔާ މީހުން ހިމެނޭކަމަށެވެ.

އިތުރަށް މައުލޫމާތު ހިއްސާކުރައްވަމުން ޑރ ނަޒްލާ ވިދާޅުވީ، މި ހުރިހާ ކޭސްތަކަކީ ކުރިން ޕޮޒިޓިވް ވެފައިވާ ކޭސްތަކާއި ގުޅުން ހުރި ކޭސްތަކެއްކަމަށެވެ. އެގޮތުން ކޭސް 61 އަކީ މީގެކުރިން ޕޮޒިޓިވް ވެފައިވާ 36 ކާއި ގުޅުން ހުރި މީހެއްކަމަށާއި، ކޭސް، 62، 63، 64 އަކީ ކޭސް 28 އާއި ގުޅުންހުރި ކޭސްތަކެއް ކަމަށެވެ. އަދި ކޭސް، 65، 66، 67 އަކީ ކުރިން ޕޮޒިޓިވްވި ކޭސް 29 އާއި ގުޅުން ހުރި ކޭސްތަކެއްކަމަށެވެ.

މިހާތަނަށް މާލޭން ބައްޔަށް ޕޮސިޓިވްވި މީހުންގެ އަދަދު 67 ށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި ޖުމްލަ 29 ދިވެހިނާއި 38 ބިދޭސީން ހިމެނެއެވެ. ހޯމަ ދުވަހު އެކަނި މި ވައިރަސްއަށް 9 ދިވެހިން ޕޮޒިޓިވް ވެފައިވާއިރު 6 ބިދޭސީން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް އިންޑިއާއަށް ނިސްބަތްވާ 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

- ކޮމެންޓް