ކ. މާލެ
|
20 އޭޕްރިލް 2020 | ހޯމަ 19:33
ލޮކްޑައުން އިތުރުކޮށްފި ނަމަ ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާގޮތެއް އިޢުލާން ކުރެވޭނެ
ލޮކްޑައުން އިތުރުކޮށްފި ނަމަ ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާގޮތެއް އިޢުލާން ކުރެވޭނެ
ވީއޯއޭ ނިއުސް
މާލެއިން ކޮވިޑް19 ފެނުން
މާލެ ސަރަޙައްދުގައި ވެކްސިން ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި
އެހެން ނިންމީ ކޮވިޑް-19 ގެ ބަލިމީހުން މިހާރު މާލެތެރެއިން ފެންނަމުން ދާތީ
މާލޭގައި މިހާރު މި ބަލި ހަލުވިކަމާއެކު ފެތުރުމުގެ ޙާލަތުގައި އޮތްކަން ފާހަގަކުރި
ވެކްސިން ދޭ މަރުކަޒުތަކަށް ދިއުމަށްވުރެން ގޭގައި މަޑުކުރުން ރައްކާތެރި

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަޙައްދުގައި ވެކްސިން ދިނުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ހޯމަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދުގައި ލޮކްޑައުން އިއުލާނުކޮށްފައިވާއިރު، ލޮކްޑައުންގެ މުއްދަތު ނިމެންދެން މާލެ ސަރަހައްދުގައި ވެކްސިން ދިނުން ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، މިގޮތަށް ހަމަޖައްސަން ޖެހުނު ސަބަބަކީ ކޮވިޑް-19 ގެ ބަލިމީހުން މިހާރު މާލެތެރެއިން ފެންނަމުން ދާތީއާއި މާލޭގައި މިހާރު މި ބަލި ހަލުވިކަމާއެކު ފެތުރުމުގެ ޙާލަތުގައި ވާއިރު، ވެކްސިން ދިނުމަށް މިވަގުތު ވެކްސިން ދޭ މަރުކަޒުތަކަށް ދިއުމަށްވުރެން ގޭގައި މަޑުކުރުން ރައްކާތެރިކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން، މި 14 ދުވަހުގެ މުއްދަތަށް ފަހު މިހާލަތު މިއަށް ވުރެ ދިގުދެމިގެން ދާނަމަ މާލެ ސަރަހައްދުގައި ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާގޮތެއް އިޢުލާން ކުރެވޭނެ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މާލެއިން ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިވަނީ މިހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

- ކޮމެންޓް