ކ. މާލެ
|
20 އޭޕްރިލް 2020 | ހޯމަ 09:05
ދިވެހި ނޫސްވެރިންތަކެއް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި
ދިވެހި ނޫސްވެރިންތަކެއް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި
ރައީސް އޮފީސް
ނޫސްވެރިން އެކްރެޑިޓް ކުރުން
ނޫސްވެރިން އެކްރެޑިޓް ކުރަނީ
ކައުންސިލްގެ ރޫހު ހުރީ އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށުން

ނޫސްވެރިން އެކްރެޑިޓްކުރާނެ އުސޫލެއް އެކުލަވާލާ އެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.

ނޫސްވެރިން އެކްރެޑިޓްކުރުމަށް ނިންމާފައިވަނީ އާދީއްތަ ދުވަހުގެރޭ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ބަހުރުވަ ހުރި ގޮތުން އެކަމާ ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

މީޑިއާ ކައުންސިލުން ބުނީ ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި، ކުރިއަށް އޮތްތަނުގައި އެ ކައުންސިލްގެ ރޫހު ހުރީ އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލައި އެފަދަ އުސޫލަކަށް ވީހާވެސް އަވަހަކަށް އަމަލުކުރަން ފެށުން ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސް އޮންލައިންގެ ފަރާތުން ސުވާލުކުރި މީހާގެ ފަރާތުން ފެނިގެންދިޔަ އަމަލަކީ ޒިންމާދާރު އަމަލެއް ނޫންކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ އޮންލައިންގެ ނޫސްވެރިޔާ އާއި އެޑިޓަރު އެކަމަށް މައާފަށް އެދުމަށްވެސް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރަސް އޮންލައިންގެ ނޫސްވެރިޔާގެ ސުވާލު ފެށި އިރު "ބަންގާޅު" ބަސް ބޭނުން ކޮށްގެން ރާއްޖޭގައި އުޅޭ ބަންގުލަދޭޝް މީހުންނާ މުހާތަބު ކޮށްފައިވާތީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވަނީ އެކަން ހުއްޓުވާ ހުރިހާ އެންމެންނަކީ ވެސް އިންސާނުން ކަމަށް ދެކިގެން ރީތިކޮށް މުހާތަބު ކުރުމަށް ނޫސްވެރިޔާ ކިބައިން އެދިފައެވެ.

ޑރ. ނަޒްލާގެ މި ނިންމެވުމަށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ޝުކުރު އަދާކުރައްވާ އެކަމަށް ތައުރީފް ކުރަމުންނެވެ.

- ކޮމެންޓް