Advertisement
ކ. މާލެ
|
1 އޭޕްރިލް 2017 | ހޮނިހިރު 03:25
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
ޕީޕަލް މެގަޒިން
ކުރީގެ ރައީސުންގެ އިނާޔަތް
ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު
ކުރީގެ ރައީސުންނަށް މިއަދު ނުކުރި އިހުތިރާމެއް، މާދަމާ ނުކުރާނެ ކަމަށް ސައުދު ވިދާޅުވި
ކުރީގެ ރައީސުންނަށްދޭ އިނާޔަތްތައް ކުޑަކުރުމަށް ޕީޕީއެމްގެ ޕީޖީ ބައެއް މެމްބަރުން ބޭނުންވޭ
ރައީސް މައުމޫނަށް ދެއްވަމުންގެންދިޔަ ބައެއް އިނާޔަތައް ވަނީ މެދުކަނޑާލާފަ

ކުރީގެ ރައީސުންނަކީ ޤައުމުގެ އެންމެ ބޮޑު ރައުސުލްމާލުގެ ގޮތުގައި ސިފަކުރައްވައި، ކުރީގެ ރައީސުންނަށް އިހުތިރާމްކުރުމަށް، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ވިލިގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގޮވާލައްވައިފި އެވެ.

 

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ސައުދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސުންނަށް މިއަދު ނުކުރި އިހުތިރާމެއް، މާދަމާ ނުކުރާނެ ކަމަށެވެ. ސައުދު ވިދާޅުވީ ކުރީގެ ރައީސުންނަކީ ޤައުމުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށާއި، އެ ބޭފުޅުންނަށް އިހުތިރާމް ކުރުމަށް ގޮވާލައްވާ ކަމަށެވެ.

 

ކުރީގެ ރައީސް މައުމޫން އަބްދުއް ޤައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު

 

ސައުދުގެ ޓުވީޓްގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ފޮޓޯއެއް ވެސް އެޓޭޗްކުރައްވާފަ އެވެ.

 

 

ސައުދު މިފަދައިން ޓުވީޓްކުރެއްވިއިރު، ކުރީގެ ރައީސް މައުމޫނަށް ދެމުންގެންދިޔަ ގިނަ އިނާޔަތްތަކެއް މެދުކަނޑާލާ، ކުރީގެ ރައީސުންނަށް ދެމުންގެންދާ އިނަޔާތްތައް ހުއްޓުވުމަށް އިސްލާހެއް ހުށަހެޅުމަށް ރައީސް ޔާމީންގެ ފެކްޝަންގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ގޮވާލައްވާފަ އެވެ.

 

އަބްދުއް ރަހިމް އަބްދުﷲ ވިދާޅުވެފައި ވަނީ ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ޤާނޫނަށް އިސްލާހު ހުށައެޅުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރަށް ގޮވާލައްވާ ކަމަށެވެ.

 

ރައީސް ޔާމީންގެ ފަޅީގައި ހުންނެވި ނަމަވެސް ފަހަކަށަ އައިސް ސައުދު ވެސް ގެންދަވަނީ ސަރުކާރުގެ ބައެއް ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން "ދިވެހި އެންމެ ބޮޑު އެކްސްޕޯޓް އިންޑަސްޓްރިއަލް އައިލެންޑް ކަމަށްވާ ކޫއްޑޫ ފިޝަރީސްގެ ކުރިއެރުމާ މެދު މުވައްޒަފުންނާއި ގއ. އަތޮޅުގެ ރައްޔިތުންގެ އުންމީދު މިވަނީ ގެއްލިފައި" ކަމަށެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް