މާލެސިޓީއިން ކޮވިޑް-19 އަށް އިތުރު 15 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް އިތުރު 15 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި މީހުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
15 މީހުންގެ ތެރޭގައި ހިމެނޭ 13 މީހުންނަކީ 27 ވަނައަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންނެވެ. މި ތޭރަ ބިދޭސީންނަކީ ލިލީ ކުންފުނީގެ މަސައްކަތް ކުރާ ބައެކެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި 15 މީހުންގެ ތެރެއިން އިންޑިއާގެ ދެ ރައްޔިތުން ހިމެނޭކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކުރިއަށް އޮތް 14 ދުވަހަކީ ޕީކް ދުވަސްވަރެއްކަމަށް ފާހަގަކޮށް އިތުރު ބައެއް މާލެ ސިޓީ ޕޮޒިޓިވްވާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެއެވެ. އަދި މިދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްމާސްކޮށްފައެވެ.