ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 10:53
ކޮވިޑް-19 އަށް އިތުރު ދިވެއްސަކު ވަނީ ޕޮޒިޓިވް ވެފައި
ކޮވިޑް-19 އަށް އިތުރު ދިވެއްސަކު ވަނީ ޕޮޒިޓިވް ވެފައި
ރާއްޖެއެމްވީ
މާލެއިން ކޮވިޑް-19ގެ ކޭސްތައް ފެނުން
މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 10 އަށް
އެމީހާ އައިސޮލޭޝަނަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ދިހަ އަކަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:27) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މާލެއިން ފެނިފައިވާ ކޭސްތަކުގެ ތަފްސީލް

ކޭސް 21 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ)

ކޭސް 22 (މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު)

ކޭސް 23 (ކޭސް 21 ގެ ކްލޯސް ކޮންޓެކްޓެއް)

ކޭސް 24 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓްއެއް)

ކޭސް 25 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓެއް)

ކޭސް 26 ( ކޭސް 23 ގެ ކްލޯސް ކޮންޓެކްޓެއް)

ކޭސް 27 ( ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް)

ކޭސް 28 ( ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް)

ކޭސް 29 (މިއީ ކޭސް 27 ގެ ކްލޯސް ކޮންޓެކްޓެއް)

ކޭސް 30 (މިއީ ކޭސް 27 ގެ ކްލޯސް ކޮންޓެކްޓެއް)

ރާއްޖެއިން ޖުމްލަ 30 މީހަކަށް މި ބަލިޖެހިފައިވާއިރު މި ބަލިން ރަނގަޅުވެފައިވަނީ 16 މީހުންނެވެ.

- ކޮމެންޓް