ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 07:36
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ޑރ. އަބްދުލް ހަމީދް އަލް ޚަލީފާ އާއި ބައްދަލުކުރެއްވުން
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އޯޕެކް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް ޑރ. އަބްދުލް ހަމީދް އަލް ޚަލީފާ އާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީ
ކޮވިޑް-19: އޯޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފި
އޯޕެކް ފަންޑުންވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން 390 މިލިއަން ޑޮލަރުގެ ޕެކޭޖެއް އެކުލަވާލާފަ
ލޯނު ދިނުމަށް ނިންމާފައިވަނީ ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މާލީ ގޮތުން އެހީތެރިވުމުގެ ގޮތުން

ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މާލީ ގޮތުން އެހީތެރިވުމުގެ ގޮތުން އޯޕެކް އޮއިލް ޕްރޮޑިއުސަރސް އޮޮގަނައިޒޭޝަން އިން 20 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އިންސައިޑަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އިންތިސާދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޯޕެކް ފަންޑުން ވަނީ 20 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައެވެ.

'ދަ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް' އާއި ހަވާލާދީ މޯލްޑިވްސް އިންސައިޑަރ އިން ރިޕޯޓުކޮށްފައިވާގޮތުގައި ރާއްޖެއަށް ލޯނު އެހީ ދިނުމަށް ނިންމާފައިވަނީ ރާއްޖެއަށް ވެއްޓިފައިމިވާ އިގްތިސާދީ އަނދަވަޅުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

ރާއްޖޭގެ އިތުރުން އޯޕެކް ފަންޑުންވަނީ މިސްރަށާއި، ޓެންޒާނިއާ، މާލީގެ އިތުރުން ނިކަރަގުއާ އަށް ލޯނު ދިނުމަށް ނިންމާފައެވެ. އޯޕެކް ފަންޑުންވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން 390 މިލިއަން ޑޮލަރުގެ ޕެކޭޖެއް އެކުލަވާލާފައެވެ.

އޯޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައިވާއިރު ވޯރލްޑް ބޭންކުން ވަނީ ރާއްޖެއަށް 17.3 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން 6 ލައްކަ ޑޮލަރުގެ މާލީ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު ޔޫރަޕިއަން ޔޫނިއަން އިން ވަނީ 3.28 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައެވެ.

- ކޮމެންޓް