ކ. މާލެ
|
18 އޭޕްރިލް 2020 | ހޮނިހިރު 00:11
އެން ހިފަން ފޭބި މީހާ
އެން ހިފަން ފޭބި މީހާ
އެމްއެންޑީއެފް
އެން ހިފަން ފޭބި މީހާގެ މައްސަލަ
އެން ހިފަން ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
އެއީ 27 އަހަރުގެ މީހެއް
އޭނާ ފޭބީ 30 މިނިޓްގެ ޑައިވްއަކަށް

ފުޅި އަޅައިގެން އެން ހިފަން ފީނި ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ގެއްލިގެން ހޯދަން ދިޔަ ސީޖީގެ ޑައިވަރުންނަށް އޭނާގެ ހަށިގަނޑު އަޑީގައި އޮއްވާ ފެނިފައިވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓްގެ ހުޅަނގުން 2.5 ނޮޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު ''އަސްދާން'' ނަމަކަށް ކިޔާ ދޯނިން ފުޅި އަޅައިގެން އެން ހިފަން ފީނި ދިވެއްސެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓު ކުރި ކަމަށެވެ.

ސަދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑުން ހަރަކާތްތެރިވާން ފެށީ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައެވެ. އޭނާ ހޯދުމަށް ދޯނީގެ ޑައިވަރުންވެސް ޑައިވް ކުރިކަމަށް އެމްއެންޑީއެފުން ބުންޏެވެ. އޭނާ ގެއްލިގެން އުޅޭ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ 20:12 ގައެވެ. އެ ދޯނީގައި 25 މީހުން ތިއްބެވެ.

އެންމެންޑީއެފުން ބުނީ، އެމީހާ އެން ހިފަން ފޭބީ ހަތަރު މީހުންނާއެކު 30 މިނިޓްގެ ޑައިވެއްގައި ކަމަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާއަކީ 27 އަހަރުގެ ޒުވާނެކެވެ.

- ކޮމެންޓް