މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވުމަށާއި ޖަމާޢަތް މެދުކަނޑާލާނީ އެޗްޕިއޭއިން މޮނިޓަރިން ޙާލަތަށް ގެންނަ ރަށްރަށުގައި އެކަނި ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ބުނެފި އެވެ.
ހުކުރު ދުވަހު އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޖަމާޢަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެކަމަށެވެ.
މިނިސްޓްރީން މިހެން ބުނެފައިވާއިރު މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތީ ޖަމާއަތުގައި ނަމާދު ކުރުން އޭޕްރީލް 18 ވަނަ ދުވަހާއި ހަމަޔަށް ވަނީ ފަސްކޮށްފަ އެވެ. އަދި ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ އެރަށެއްގައި ވެސް އެޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.