Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 21:03
ރައީސް އޮފީސް
ރައީސް އޮފީސް
ރާއްޖެއެމްވީ
ރައީސް އޮފީސް
ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހީ ފަސް ދުވަސް

ރައީސް އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ރައީސް އޮފީހުގެ ބިއްލޫރި ގަނޑު ތަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 43 އަހަރު ދިވެހި ފިރިހެނެކެވެ.

ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ ދެވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އެންމެ ފުރަތަމަ އޭނާގެ ބަންދަށް ޖެހި މުއްދަތު ހަމަވުމާ ގުޅިގެން ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނީ ރައީސް އޮފީހުގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ ގާބުރިއަކުން ޖަހައި ކަމަށެވެ. އަދި އެ މީހާ ބިއްލޫރިގަނޑާ ދިމާލަށް ގާބުރި އެއްލީ ހުރަވީ ބިލްޑިންގ ކައިރީގައި ހުރެ ކަމަށް ވެސް އެ މީހާ މައުލޫމާތު ދިނެވެ. ތަޅާލާފައިވަނީ ރައީސް އޮފީހުގެ އަމީރު އަހުމަދު މަގާވީ ފަޅީގައި ހުރި ކުޑަދޮރެއްގެ ބިއްލޫރިގަނޑެވެ.

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް