Advertisement
ކ. މާލެ
|
31 މާރޗް 2017 | ހުކުރު 09:52
ޣަފޫރު: ސިފައިންނާ ފުލުހުންނަށް ވޯޓު ލެވޭނެ.
ޣަފޫރު: ސިފައިންނާ ފުލުހުންނަށް ވޯޓު ލެވޭނެ.
ރާއްޖެއެމްވީ
ގުޅުފައިވާ ޕާޓީތަކުގެ ޖަލްސާ
ސިފައިންނާ ފުލުހުންނަށް ވޯޓު ލުމުގެ ހައްޤު ނިގުޅައިގަތަކަ ނުދޭނަން: ޣަފޫރު
ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވޯޓު ލުމުގެ ޙައްޤަކީ ޤާނޫން އަސާސީގައި ކަޅާ ހުދުން ލިޔެފައިވާ ހައްޤެއް
ސިފައިންނާ ފުލުހުން ޔަޤީން ކުރޭ ތާއުމުރު ދުވަހު ވޯޓު ލުމުގެ ހައްޤު ތިޔަބޭފުޅުންނަށް އޮންނާނެ

ސިފައިންނާއި ފުލުހުންނަށް ވޯޓުލުމުގެ ހައްޤު ނިގުޅައިގަތަ ނުދޭނަ ކަމަށާއި ތާއަބަދަށް އެ ހައްގު ލިބިދީފައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ސިފައިންގެ މަތީ މަޤާމްތަކެއްވެސް ފުރުއްވާފައިވާ ޢަބްދުލް ޣަފޫރު މިހެން ވިދާޅުވީ ރާއްޖެ ބަދަލު ކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކނޫޒުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިޖަލްސާގައި ޣަފޫރު ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ވޯޓުލުމުގެ ޙައްޤަކީ ޤާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔެފައިވާ ހައްޤެއް ކަމަށާއި އެހައްޤު ނިގުޅައި ނުގަނެވޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވާ ޣަފޫރު ވިދާޅުވީ ޤާނޫން އަސާސީގައި ލިޔެފައިވާ އެއްޗެއް ފަހުމް ނުވުމަކީ އެހެން ރައްޔިތުން އެއަށް ތަބާވާން ޖެހޭނެ ކަމެއް ކަމަށް ހީކުރެވުމަކީ މޮޔަ ޚިޔާލެއް ކަމަށެވެ. އެގޮތުން ސިފައިންނަށް ވޯޓު ލެވުމަކީ ޤައުމުގައި ފަސާދަ އުފެދޭ ކަމެއްކަމަށް ބުންޏަސް އެކަމެއް އެހެން ނުވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ޤާނޫން އަސާސީގެ ތަރައިގެ ތެރެއިން މަސައްކަތް ކުރަން ޖެހޭނީ. އެއޮތީ ޤާނޫން އަސާސީގައި ކަޅާއި ހުދުން ލިޔެފައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވޯޓު ލެވޭނެޔޭ. އެވަރުވެސް ފަހުމް ނުވާ ބަޔަކާއެކު ޤައުމު ހިންގާނީ ކިހިނެތްތޯ. އެކަމެއް އެހެނެއް ނުވާނެ. ސިފައިންނާ ފުލުހުން ޔަޤީން ކުރޭ ތާއުމުރު ދުވަހު ވޯޓު ލުމުގެ ހައްޤު ތިޔަބޭފުޅުންނަށް އޮންނާނެ." ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ކޮންމެ ގޮތަކަށް ވޯޓު ލިއަސް ވޯޓެއް ލާން އޮންނަ ގޮތކަށް ވޯޓެއް ލައިފިނަމަ އެވޯޓު ކާމިޔާބު ކުރައްވާނެެ ކަމަށާއި އެކަން  ކުރަން ދަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖީލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން ހިނގާދިޔަ ކަންކަންމަށް އިޝާރާތް ކުރައްވާ ޣަފޫރު ވިދާޅުވީ ދަންވަރު ތިނެއް ޖަހާއިރު ރައްޔިތުންގެ މަޖިލީސް ހުޅުވައިގެން އެތަނަށް ވަންނަން ޖެހޭ ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށެވެ.

ޣަފޫރު ވިދާޅުވީ މިޤައުމުގައި ލައްކަ ވައްކަން ކޮށްފި ކަމަށާއި ޖަވާބުދާރީ ކުރުވާނެ ކަމަށާއި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ މިޤައުމުގައި މިހާރު ނުދަރާ ކުންފުންޏެއް ނެތްކަމަށާއި މިހާލަތައް ދިއުމުން ރައްޔިތުން ބަނދެގެން އޮަބަހައްޓައިގެން ނުގެންގުޅެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް