ކ. މާލެ
|
12 އޭޕްރިލް 2020 | އާދީއްތަ 11:45
ނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
ނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19: އިގްތިސާދީ ކޮމިޓީ
140 ފަޅު ރަށެއް ކައުންސިލްތަކާއި ހަވާލުކުރުމުގެ މަސައްކަތް އެބަކުރެވޭ: މިނިސްޓަރ
އިތުރަށް ބޭނުންވާ ދަނޑުބިންތައް ހޯދުމަށްޓަކައި ފަޅުރަށްރަށް ކަނޑައެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން

އެކި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރެއަށް ވަންނަ 140 ފަޅު ރަށެއް ކައުންސިލްތަކާއި ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބައެއް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރެއަށް ވަންނަ ފަޅުރަށްތައް ޙަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހުޅުވާލަނީ ބިން ބޮޑު ރަށްތަކެއް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ އުޞޫލު އަދި ކަނޑަނޭޅޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ 140 ރަށެއް ކައުންސިލްތަކާއި ޙަވާލު ކުުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ. މީގެ އިތުރުން ޒަހާ ވިދާޅުވީ އިތުރަށް ބޭނުންވާ ދަނޑުބިންތައް ހޯދުމަށްޓަކައި ފަޅުރަށްރަށް ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތް ކުރެވެމުންދާއިރު އެކަމަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވެފައިވަނީ ބިން އޮތް ރަށްރަށުން އެ ރަށުގެ ކައުންސިލްތަކާއި ގުޅިގެން 3 އަހަރު ދުވަހުގެ މުއްދަތައް ބިން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ބިންތައް ދޫކުރެވެނީ އެއްވެސް ކުއްޔަކާނުލައި ކަމަށެވެ.

ހޮނިހިރު ދުވަހުގެރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ދަނޑުވެރިކަމުގެ އިޤުތިޞާދަށް 44 ރަށެއް ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ސަރުކާރުން ގަންނާނެ ކަމަށެވެ.

- ކޮމެންޓް
12 އޭޕްރިލް 2020 | އާދީއްތަ 15:31
ާޙުސައިން ޢަލީ، ރ.ވާދޫ
ދަނޑުބިން ދޫކުރަންވީމަ ސަރުކާރަކަށް ނޫން އެނގޭނީ. ކައުންސިލްތަކުގެ ޒިންމާއެއް އެއީ. ބިންތައް މިހާރު ވަނީ ކައުންސިލް ތަކާއި ހަވާލު ކުރެވިފައި. ކިހިނެތް ހަދަންބާ މިއުޅެނީ