ކ. މާލެ
|
10 އޭޕްރިލް 2020 | ހުކުރު 14:05
މޯލްޑިވިއަން އިން ގެނައި ކާގޯ ފުލައިޓުން ބާލަނީ
މޯލްޑިވިއަން އިން ގެނައި ކާގޯ ފުލައިޓުން ބާލަނީ
މޯލްޑިވިއަން
މޯލްޑިވިއަން
ބެންކޮކުން 11 ޓަނުގެ ކާގޯ މޯލްޑިވިއަން އިން ގެނެސްފި
މޯލްޑިވިއަނުން ބުނީ 11323.3 ކިލޯގެ ކާގޯ ހިފައިގެން ބުރާސްފަތި ދުވަހު ފްލައިޓް ވަނީ އައިސްފައި
ބާޒާރު މަތިން ތަކެތި ހުސްވިޔަ ނުދިނުމަށް ސަރުކާރުގެ އިސްނެގުމަކަށް ކުރާ މަސައްކަތެއް

11 ޓަނަށްވުރެ ގިނަ ކާގޯ ހިފައިގެން ތައިލެންޑުގެ ބެންކޮކުން މޯލްޑިވިއަންގެ ފުލައިޓެއް ރާއްޖެ އަތުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބެންކޮކުން ކާގޯ ހިފައިގެން އައީ އެ އެއަރލައިންގެ އެއާބަސް ފްލައިޓުގަ އެވެ. މޯލްޑިވިއަނުން ބުނީ 11323.3 ކިލޯގެ ކާގޯ ހިފައިގެން އެ އެއާލައިނުގެ ފުލައިޓު ރޭ ރާއްޖެ އައިސްފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑުރުތައް ބަންދުކޮށް، އުދުހުންތައް ހުއްޓާލާފައިވާ ދަނޑިވަޅެއްގައި މޯލްޑިވިއަނުން އަންނަނީ ޗާޓާ ފުލައިޓްތަކުގެ ކާގޯ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ރާއްޖެ އަށް ބޭނުންވާ ތަކެތި ގެނައުމަށް ގައުމީ އެއާލައިނުން ފަށާފައިވާ މަސައްކަތެކެވެ.

މީގެ ކުރިން ވެސް މޯލްޑިވިއަނުން ވަނީ ތައިލެންޑުން ދިހަ ޓަނުގެ ކާގޯ ގެނެސްފައެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމްއާއި ޗެންނާއީ އަދި ދުބާއީ އިން ވެސް ކާގޯ ގެނެސްގަފައިވެ އެވެ.

- ކޮމެންޓް