ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 20:41
ކޮރޯނާވައިރަސް ޓެސްޓް ކިޓެއް - މެލޭޝިއާއިން ދިވެއްސަކު ޕޮޒިޓިވްވިކަމަށް އެ ޤައުމުން ވަނީ ބުނެފައި
ކޮރޯނާވައިރަސް ޓެސްޓް ކިޓެއް - މެލޭޝިއާއިން ދިވެއްސަކު ޕޮޒިޓިވްވިކަމަށް އެ ޤައުމުން ވަނީ ބުނެފައި
ގޫގުލް
ކޮވިޑް-19
މެލޭޝިއާއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ޤައުމުން ބޭރު ރައްޔިތުންގެ ތެރެއިން ވައިރަސްއަށް ޕޮޒިޓިވްވި 416 މީހުންގެ ތެރޭގައި ދިވެއްސެއް ހިމެނޭކަމަށް ބުނެފައިވޭ
ހައި ކޮމިޝަނުން އެކަން ޔަޤީން ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ބުނެފައިވޭ
ރާއްޖެއިން މިހާތަނަށް 19 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވޭ

މެލޭޝިއާއިން ދިވެއްސަކު ޕޮޒިޓިވްވެފައިވާކަމަށް އެ ޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ، މެލޭޝިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން، އެ ޤައުމުން ބޭރު ރައްޔިތުންގެ ތެރެއިން ވައިރަސްއަށް ޕޮޒިޓިވްވި 416 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް އެ ޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުރާސްފަތި ދުވަހު އިއުލާނު ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހައި ކޮމިޝަނުން އެކަން ޔަޤީން ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

މެލޭޝިއާއިން 4200 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 67 މީހުން މިހާތަނަށް ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 19 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 4 މީހަކަށް ފަރުވާދެމުންދާއިރު، ދެންތިބި 2 މީހުންނަކީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ވައިރަސްއަށް ޕޮޒިޓިވްވި 2 މީހުންނެވެ.

- ކޮމެންޓް