ކ. މާލެ
|
9 އޭޕްރިލް 2020 | ބުރާސްފަތި 14:24
ހެލްތު މިނިސްޓަރ އަމީން
ހެލްތު މިނިސްޓަރ އަމީން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުކުރުމާ މެދު މިއަދު ގޮތެއް ނިންމާނެ
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މަރޗް މަހުގެ 12 ވަނަ ދުވަހު

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގު ކުރުމާ މެދު މިއަދު ގޮތެއް ނިންމާނެކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މަސް ދުވަހުގެ މުއްދަތަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މަރޗް މަހުގެ 12 ވަނަ ދުވަހު އެވެ. އެހެންކަމުން މިހާރު ރާއްޖެ އޮތް ހާލަތު ދެނެގަނެ މިހާލަތު އިތުރުކުރާނެތޯ ނުވަތަ ނޫންތޯ މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ) އިން ބައްލަވަމުން ގެންދަވާކަމަށް ނޭޝަނަލް އެމަޖެންސީ އޮފަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވި އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭގޮތުން މިއަދު ގޮތެއް ނިންމައި މިރޭ އޮންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލު ހާލަތު އިއުލާންކުރީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކަ އެވެ. އެގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން ހެލްތް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރާއްޖޭގައި މިހާތަނަށް އާއިރު ކޮވިޑް-19 19 މީހަކަށް ވަނީ ޖެހިފަ އެވެ. އޭގެތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު 4 މީހަކަށް އަންނަނީ މިހާރުވެސް ފަރުވާދެމުންނެވެ. މީގެތެރެއިން 2 މީހަކު ވައިރަސްއަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.

- ކޮމެންޓް