Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 22:54
އެމްޑީޕީގެ އެސްޖީ އަނަސް ޢަބްދުއް ސައްތާރު
އެމްޑީޕީގެ އެސްޖީ އަނަސް ޢަބްދުއް ސައްތާރު
ރާއްޖެ އެމްވީ
އަނަސް ފުލުހަށް ހާޒިރުކުރުން
އަނަސް ޢަބްދުއްސައްތާރު ފުލުހަށް ހާޒިރުކުރުން ފަސްކޮށްފި
• ހާޒިރުކުރަނީ މައުލޫމާތެއް ސާފުކުރުމަށް ކަމަށްބުނެ

އެމްޑީޕީގެ އެސްޖީ އަނަސް ޢަބްދުއް ސައްތާރު ފުލުހަށް ހާޒިރުކުރުން ފަސްކޮށްފިއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އަނަސް އަބުދުއްސައްތާރު ވިދާޅުވީ، ފުލުހުންގެ އަހަރީ ދުވަހުގެ ޚާއްސަ އިވެންޓެއް ބުރާސްފަތި ދުވަހުގެ ރޭ އޮންނާތީ، އޭނާ ފުލުހަށް ހާޒިރުކުރުން ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފައިވާކަމަށް އަންގާފައިވާކަމަށެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމަތު ދެއްވަމުން އަނަސް ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި ވަނީ ހުކުރު ދުވަހުގެރޭ 7.00 އަށް ކަމަށެވެ. ހާޒިރު ކުރަނީ ކޮންކަމަކާ ގުޅިގެން ކަމަކަށް ޗިޓްގައި ބުނެފައި ނުވާ ކަމަށާއި، ހާޒިރު ކުރަނީ މައުލޫމާތެއް ސާފުކޮށްލަން ކަމަށް ބުނެ ކަމަށެވެ.

 

މިދުވަސްވަރަކީ އިދިކޮޅު ގިނަ އިސްވެރިން ފުލުސް އޮފީހަށް ހާޒިރުކޮށް ތަފާތު ތުހުމަތުތައް ކުރަމުންދާ ދުވަސްކޮޅެކެވެ. ކުރީގެ އޮޑިޓް ރިޕޯޓްތަކަކާއި ގުޅިގެން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ފުލުސް އޮފީހަށް ހާޒިރުކުރަމުން ދާއިރު ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވަނީ އަންގާރަ އަންގާރަ ދުވަހުގެރޭ ފުލުސް އޮފީހަށް ހާޒިރުކޮށް ދެ ތުހުމަތު ކޮށްފައެވެ. މެންބަރުންނަށް ރިޝްވަތުދޭން އުޅުނުކަމުގެ ތުހުމަތުގައިކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބރާހީމް ވަނީ ބުދަ ދުވަހުގެ ރޭ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް