ކ. މާލެ
|
7 އޭޕްރިލް 2020 | އަންގާރަ 12:11
އެންއީއޯސީގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވަނީ
އެންއީއޯސީގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރައީސްގެ ޝުކުރު ސިއްހީ މަސައްކަތްތެރިންނަށް
ބަލީގެ ނުރައްކާ އެންމެ ބޮޑު ފަރާތްތަކުގެ ތެރޭގައި ސިއްހީ މަސައްކަތްތެރިން ހިމެނޭ
ފަރުވާދޭން މަސައްކަތްކުރި ބައެއް ޑޮކްޓަރުންނާއި ނަރުހުން ވަނީ މަރުވެފައި
ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް އާންމުން އަންނަނީ ތައުރީފުކުރަމުން

ކޮވިޑް-19 އިން ދުނިޔެ ސަލާމަތްކުރުމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ޝުކުރުއަދާކުރައްވައިފިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓުގައި ރައީސް ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ސިއްހަތާއި ބެހޭ ދުވަސް ދިމާވަނީ މި ޖީލު ކުރިމަތިލާންޖެހުނު އެންމެ ބޮޑު ސިއްހީ ކާރިސާއާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަޒުމާއި ހިތްވަރު ފުރިހަމައަށް ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިލިއަނަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި މީހުންނަށް ފަރުވާ ދިނުމުގައި މަސައްކަތްކުރަމުންނެވެ. ބަލި މީހުންނަށް ފަރުވާ ދޭން އުޅުމުގެ ތެރޭގައި ސިއްހީ މަސައްކަތްތެރިންނަށް ވެސް ވައިރަސް ޖެހިފައިވާއިރު، އޭގެ ތެރެއިން ބައެއް ފަރާތްތައް ވަނީ މަރުވެފައެވެ.

ސިއްހީ މަސައްކަތްތެރިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާކުރުމުގެ ގޮތުން އެކި ފަރާތްތަކުން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުގައި އެ ފަރާތްތަކަށް ލިބޭ މުސާރަ އާއި އިނާޔަތްތައް ވަނީ އިތުރުކޮށްފައެވެ.

- ކޮމެންޓް