ގައުމީ އެއަރލައިން މޯލްޑިވިއަންގެ އޮންލައިން ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދެމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
ހޯމަ ދުވަހުގެ ރޭ މޯލްޑިވިއަނުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އޮންލައިންކޮށް މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދޭ ކަމަށް ސިސްޓަމް އެޑްމިނިސްޓްރޭޓަރއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މި ފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި މިފަދަ ދަށު ދަރަޖައިގެ ކަންތައްތައް ކުރަމުންދިއުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް އެޓޭކްތަކެއް ދެމުންދާކަން ފާހަގަކޮށްފައި މިވަނީ
ކޮވިޑް-19 އާ ގުޅިގެން މެލޭޝިޔާގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން، ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށް ހޯމަ ދުވަހުގެ ހަވީރު ފަހަކުން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެފައި ވަނިކޮށެވެ.