Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 18:47
ހިއުމަން ރައިޓް ކޮމިޝަންގެ މެމްބަރު ޝިފާގް މުފީދު
ހިއުމަން ރައިޓް ކޮމިޝަންގެ މެމްބަރު ޝިފާގް މުފީދު
އެޗްއާރްސީއެމް
މަހުލޫފް
މަހުލޫފްގެ މައްސަލަ މި ދަނީ ތަޙްގީގްކުރަމުން، ބައްދަލުކުރަންޖެހިންޖެ ނަމަ އެކަން ކުރާނަން: އެޗްއާސީއެމް
މަހުލޫފަށް އެކަށީގެންވާ ސިއްހީ ފަރުވާއެއް ނުދޭ ކަމަށް ވެސް ބުނޭ
ޤާނޫނީ ވަކީލަކާ ބައްދަލުވުމުގެ ފުރުސަތު ނުދޭތާ ދެ މަސް ދުވަސް ވެއްޖެ ކަމަށް އާއިލާ އިން ބުނޭ
ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްޤުތައް ނުދޭކަމަށް ބުނާތީ ހިއުމަން ރައިޓްސް ކޮމިޝަނުން އެކަން ތަޙްޤީގް ކުރަނީ

މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ، އޭނާގެ އިނާޔަތްތައް ކަނޑާލާފައި ވާތީ އެ މައްސަލަ ތަޙްގީގް ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

 

 މަޚުލޫފްގެ އިނާޔަތްތައް ކަނޑާލި މައްސަލަ ބުރާސްފަތި ދުވަހު އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ހުށައެޅީ މަހުލޫފްގެ އަނބިކަބަލުން ނަޒުރާ ނަސީމެވެ. މައްސަލަ ހުށައެޅުމަށް ފަހު ހިއުމަން ރައިޓްސް ކޮމިޝަނުންގެ މެމްބަރުންނާއި އެކު އެކިމިޝަނުގައި ބޭއްވި ބައްދަލުވުމުގައި މަހުލޫފްގެ ވަކީލެއްގެ ގޮތުގައި މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ބައިވެރިވަޑައިގެންފައެވެ.

 

މި ބައްދަލުވުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހިއުމަން ރައިޓް ކޮމިޝަންގެ މެމްބަރު ޝިފާގް މުފީދު ވިދާޅުވީ މަހުލޫފްގެ އިނިޔާއްތައް ކަނޑާލާފައިވާ ކަމަށް ބުނާ މައްސަލާގައި އެ އާއިލާގެ ހުރި ކަންބޮޑުވުންތަށް އެކޮމިޝަނަން ހިއްސާކުރި ކަމަށެވެ. އަދި  މީގެ ކުރިން މަހުލޫފްގެ ފަރާތުން އެކޮމިޝަނުން ހުށައަޅާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަސްވަރާ ކުރެވުނު ކަމަށް ޝިފާގް ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ އެކޮމިޝަނުން މައްސަލަތައް ބަލާ އުސޫލުން މަހުލޫފްގެ މައްސަލަ ވެސް ބަލާނެ ކަމަށެވެ. އަދި މަހުލޫފްގެ އާއިލާގެ ފަރާތުން ހުށައެޅި މައްސަލަ އެ ކޮމިޝަންގެ މެމްބަރުންނާއި މަޝްވަރާކުރުމަށް ފަހު އެ މައްސަލާއި ގުޅޭ ގޮތުން މަހުލޫފާ ބައްދަލުކުރަން ޖެހިއްޖެނަމަ އެކަން ވެސް އޮންނަ އުސޫލުގެ ދަށުން ކުރާނެ ކަމަށް ޝިފާގް ވިދާޅުވިއެވެ.

 

"ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ހުށައެޅި ހުށައެޅުންތައް ދިރާސާ ކޮށްފަ، އެކަހަލަ ކަމެއް ފާހަގަ ކުރެވޭ ނަމަ އަޅުގަނޑުމެން ހަމަ އެޓެންޑް ވާނެ، އެއީ ވިޒިޓްކޮށްގެން ކުރަންޖެހޭ ކަމެށް ކަމަށް ވާނަމަ ، އެކަން ވެސް އަޅުގަނޑުމެން ކުރާނަން" ޝިފާގް މުފީދު ވިދާޅުވިއެވެ.

ނަޒުރާ ނަސީމް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނާ އެކު ކުރިއަށްދިޔަ ބަންދަލުވުމުގައި އެ މައްސަލަހަތަށް ތަޙްގީގް ކުރާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ދިން ކަމަށެވެ.  

 

މިކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަލުގެ ގަވާއިދުތަކާ ޚިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާ އުސޫލުން މަޚުލޫފާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މަޚުލޫފްގެ އިނާޔަތްތައް ކަނޑާލާފައިވާކަން ކަރެކްޝަނުގެ އޮފިޝަލް ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް، މަޚުލޫފް އެކަހެރިކޮށްފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

 

އިމްތިޔާޒު ވިދާޅުވި ގޮތުގައި ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ޤާނޫނީ ވަކީލެއް އައްޔަނުކޮށް، މަސައްކަތްކުރުމުގެ ހައްޤު ކަށަވަރުކޮށްދީފައި ވީނަމަވެސް މަހުލޫފަށް އެ ހައްޤު ވެސް ނުދޭ ކަމަށެވެ. އަދި މަހުލޫގެ ގާނޫނީ ވަކީލުންގެ ގޮތުގައި ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލާއި، ގާނޫނީ ވަކީލް ހިސާން ހުސެއިން އަދި އޭނާގެ ނަން ކަރެކްޝަން ސާވިސް އަށް ހުށައެޅިތާ މަސް ދުވަސް ވެގެން ދިޔައިރު ގާނޫނީ ވަކީލުންގެ ގޮތުގައި އެބޭފުޅުން އަންޔަން ކޮށްފައި ނުވާ ކަމަށެވެ.

 

އިމްތިޔާޒު ވިދާޅުވީ މަހުލޫފަށް ސިއްހީ ފަރުވާ ދިނުމަށް ވެސް ސަރުކާރުން ހުރަސްއަޅަމުންގެންދާ ކަމަށެވެ. އަދި މަހުލޫފުގެ ސިއްހީ ހާލު އެއްދުވަހަށް ވުރެ އަނެއް ދުވަސް ގޯސްވަމުން އަންނަ ކަމަށް އެނާ ވިދާޅުވިއެވެ.

 

މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ. މަހްލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ ކުރީކޮޅުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް