ކ. މާލެ
|
6 އޭޕްރިލް 2020 | ހޯމަ 07:32
އިނގިރޭސިވިލާތް (ޔޫކޭ) ގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން
އިނގިރޭސިވިލާތް (ޔޫކޭ) ގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން
ސްކައި ނިއުސް
ކޮވިޑް-19
ކޮވިޑް-19: އިތުރު ޓެސްޓުތައް ހެދުމަށް ޔޫކޭގެ ބޮޑުވަޒީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
އެޑްމިޓްކޮށްފައި މިވަނީ އެމަނިކުފާނު ވައިރަސްއަށް ޕޮޒިޓިވްވިތާ 10 ވަނަ ދުވަހު
ތުރު ޓެސްޓުތައް ހެއްދެވުމަށް، ހޮސްޕިޓަލުގައި އެޑްމިޓްވުމަށް ޑރ ލަފާދެއްވާފައިވޭ
އެޑްމިޓް ކުރަން ނިންމީ އެމަނިކުފާނުގެ ޙާލު ގޯސްވެގެނެއް ނޫން

އިނގިރޭސިވިލާތް (ޔޫކޭ) ގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންގެ ކިބައިން ކޮވިޑް-19 ގެ އަލާމަތްތައް ފެންނަމުން ދިއުމާއެކު، ވައިރަސްއަށް ޓެސްޓު ކުރުމަށް އެމަނިކުފާނު އެޑްމިޓް ކުރައްވައިފިއެވެ.

ބޯރިސް ޖޯންސަން އެޑްމިޓްކޮށްފައި މިވަނީ އެމަނިކުފާނު ވައިރަސްއަށް ޕޮޒިޓިވްވިތާ 10 ވަނަ ދުވަހުއެވެ. އެގޮތުން ވައިރަސްގެ އަލާމަތްތައް ފެންނަމުން ދިއުމާއެކު، އިތުރު ޓެސްޓުތައް ހެއްދެވުމަށް، ހޮސްޕިޓަލުގައި އެޑްމިޓްވުމަށް ޑރ ލަފާދެއްވާފައިވާކަމަށް ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ.

އެއާއެކު ލަންޑަންގައި ހުންނަ އެ ޤައުމުގެ ނޭޝަނަލް ހެލްތު ސަރވިސަސް (އެންއެޗްއެސް) ގެ ހޮސްޕިޓަލަކަށް އާދިއްތަ ދުވަހު އެމަނިކުފާނު ވަނީ ގެންދަވާފައެވެ.

އެމަނިކުފާނުގެ ތަރުޖަމާނާ ޙަވާލާދީ ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުން ބޯރިސް އެޑްމިޓް ކުރަން ނިންމީ އެމަނިކުފާނުގެ ޙާލު ގޯސްވެގެން ނުވަތަ އެމަރޖެންސީވެގެނެއް ނޫނެވެ. ނަމަވެސް އެއީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، އެ ޤައުމުގެ ނޭޝަނަލް ހެލްތު ސަރވިސަސް ގެ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުގެ ގިނަ އޮފިޝަލުންނަށް މި ބަލި ޖެހިފައިވާއިރު އެގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ބޯރިސް ޖޯންސަންގެ ލޯބިވެރިޔާ ކެރީ ސައިމަންޑްސްވެސް ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް