ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 18:57
ސައުދީ އަރަބިއްޔާގައި ޑިސްއިންފެކްޓް ކުރާ ޓީމެއް ޙަރަކާތްތެރިވަނީ
ސައުދީ އަރަބިއްޔާގައި ޑިސްއިންފެކްޓް ކުރާ ޓީމެއް ޙަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19
ކޮވިޑް-19: ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ މީހުން ފަރުވާދީގެން ރަނގަޅުވެއްޖެ
މުޅި ދުނިޔެއިން 1,224,938 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައިވޭ
320,323 ކޭސްއެއް ވަނީ ކްލޯސް ކުރެވިފަ
މަރުވީ މީހުންގެ އަދަދަކީ، 66,502

ދުނިޔޭގެ 110 ޤައުމަކުން/ ޓެރިޓަރީއަކުން މީހުން އެއް މިލިޔަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ މީހުން މިހާރުވަނީ ރަނގަޅުކުރެވިފައެވެ.

ޞައްޙަ މަސްދަރުތަކުން ލިބިފައިވާ ޑޭޓާތަކައް ބަލާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާތަނަށް އައިއިރު، 1,224,938 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 320,323 ކޭސް ވަނީ ކްލޯސް ކުރެވިފައެވެ. ކްލޯސްޑް ކޭސްތަކުގެ ތަފުޞީލަށް ބަލާއިރު،ފަރުވާދީގެން މިހާތަނަށް 253,821 މީހުން ވަނީ ރަނގަޅުކުރެވިފައެވެ. މިއީ ކްލޯސްޑް ކޭސްތަކުގެ %79އެވެ. އަދި މަރުވީ މީހުންގެ އަދަދަކީ، 66,502 އެވެ. އެއީ، ކްލޯސްޑް ކޭސްތަކުގެ %21 އެވެ.

އެކްޓިވް ކޭސްތަކައް ބަލާލާއިރު، މިހާރުވެސް 904,615 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 860,047 ފާހަގަކުރެވެނީ މައިލްޑް ކޭސްގެ ގޮތުގައެވެ. އެއީ %95 އެވެ. މީގެ ތެރެއިން 44,568 މީހެގެއް ޙަލަތު ސީރިއަސްއެވެ. އެއީ %5 އެވެ.

- ކޮމެންޓް