ކ. މާލެ
|
5 އޭޕްރިލް 2020 | އާދީއްތަ 18:45
ސައުދީގައި އަންހެނުންތަކެއް މާސްކް އަޅައިގެން
ސައުދީގައި އަންހެނުންތަކެއް މާސްކް އަޅައިގެން
އެންސީބީ ނިއުސް
ކޮވިޑް-19
ކޮވިޑް-19: ސައުދީން މިއަދު އެކަނި 206 މީހުން ޕޮޒިޓިވްވެ، 5 މީހުން މަރުވެއްޖެ
ސައުދީން ޖުމުލަ 2,385 ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައި
ފަރުވާދީގެން 488 މީހަކު ރަނގަޅުވެފައިވާއިރު، އަދިވެސް 1,863 މީހަކަށް ދަނީ ފަރުވާދެމުން
ވެރިރަށް ރިޔާދުގެ އިތުރުން، މައްކާއާއި، މަދީނާއާއި ޖިއްދާ ވަނީ ލޮކްޑައުންކޮށްފައި

ސައުދީއަރަބިއްޔާގެ ޞިއްޙަތާއި ބެހޭ ވުޒާރާއާއި ޙަވާލާދީ ޤަަލްފުގެ މީޑިއާތަކުން ޚަބަރުފަތުރާގޮތުގައި، މިއަދު އެކަނި އެޤައުމުން 206 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އަދި 5 މީހަކު ވަނީ ފަރުވާދެމުން ދަނިކޮށް ޞިއްޙީ ހާލު ދެރަވެ ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.

ސައުދީގައި ވައިރަސް ފެތުރެމުންދާ ޒާތައް ބަލާއިރު، އެޤައުމުގައި ވައިރަސް ފެތުރެން ފެށިފަހުން މިހާތަނަށް ޖުމުލަ 2,385 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 34 މީހުން ވަނީ މަރުވެފައެވެ. އަދި ފަރުވާދީގެން 488 މީހަކު ރަނގަޅުވެފައިވާއިރު، އަދިވެސް 1,863 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 41 މީހުންގެ ޙާލު ވަރަށް ސީރިއަސްކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައުދީ ސަރުކާރުން ކޮވިޑް-19 އާއި ގުޅިގެން އެޅި މައިގަނޑު ފިޔަވަޅުތަކައް ބަލާއިރު، ވެރިރަށް ރިޔާދުގެ އިތުރުން، މައްކާއާއި، މަދީނާއާއި ޖިއްދާ ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއުގެ އަމުރު ވަނީ އިއުލާންކޮށްފައެވެ. އަދި ޖިއްދާގެ ވަށައިގެންވާ އެހެނިހެން ސިޓީތަކުގައިވެސް ވަނީ ކަފިއު އިޢުލާނުކޮށްފައެވެ.

- ކޮމެންޓް