ކ. މާލެ
|
3 އޭޕްރިލް 2020 | ހުކުރު 19:09
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން
ރާއްޖެއެމްވީ
ކޮވިޑް-19
ކާފިއުގައި %99.9 މީހުން ތިބީ ގޭގައި: ފުލުހުން
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޖޫރިމަނާ ކުރުމަކީ ފުލުހުން ބޭނުންވާ ގޮތް ނޫން ކަމަށް ވިދާޅުވި
ކާފިއު އިއުލާން ކޮށްފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން 8:00 އަށް

މާލޭގައި ކާފިއު އިޢުލާނު ކޮށްފައިވާ ވަގުތު ތަކުގައި %99.9 މީހުން ތިބީ ގޭގައި ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ޓީވީން ގެނެސްދޭ ޚާއްޞަ ކަވަރޭޖުގައި މައުލޫމާތު ހިއްސާކުރައްވަމުން، ނަވީން ވިދާޅުވީ މާލޭ މަގުމަތީގައި މިދަނޑިވަޅުގައި ޒަރޫރީ ބޭނުމެއް ނެތި އަދި ހުއްދައެއް ނެތި އިސްތިސްނާ ކުރެވިފައިވާ ފަރާތެއް ނޫން ކަމަށްވާނަމަ ތިން ސްޓޭޖަކަށް ބަހާލައިގެން އެފަރާތްތަކަށް ނަޞޭޙަތްތެރިވަމުން ގެންދަވާނެ ކަމަށެވެ.

ޖޫރިމާނާ ކުރުން ނަންގަވާނެ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުގައި ކަން ފާހަގަ ކުރައްވާ ނަވީން ވިދާޅުވީ މިހާތަނަށް އަދި އެއްވެސް ފަރާތެއް ޖޫރިމަނާ ކޮށްފައި ނުވާކަމަށެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޖޫރިމަނާ ކުރުމަކީ ފުލުހުން ބޭނުންވާ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ ޒަޜޫރީ ބޭނުން ތަކުގައި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ޙާލަތެއްގައި ވެސް ކާފިއު ހިންގުމަށް ހަމަޖެހިފައިވާ ވަގުތު ކައިރި ނުވަނީސް ބޭރަށް ނުކުތުމަށް އެދިލައްވާ ކަމަށެވެ. ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅު ތަކަށް އިތުބާރު ކުރައްވައި، ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާއި އެއްގޮތައް ހުރިހާ ރައްޔިތުންވެސް ގޭގައި މަޑުކޮށްދެއްވުމަށް ނަވީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކާފިއު އިޢުލާނު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން 8:00 އަށެވެ.

- ކޮމެންޓް
3 އޭޕްރިލް 2020 | ހުކުރު 19:37
ޒައިތޫނި
ތިޔަ ކާފިއުއެއް ހިންގައްޔާ ރޭގަނޑު 8 ގެ ފަހުން ތިކަމެއް ކޮށްބަލަ. ތިޔަކަމެއް ކުރަންހަދާން ކުދި ވިޔަފާރިތައް މިދަނީ ފުނޑެމުން.