ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 08:15
ޤާސިމް އިބްރާހިމް، ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ޤާސިމް އިބްރާހިމް، ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ޓްވިޓަރ
ޤާސިމް ފުލުހަށް ހާޒިރުކުރން
ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް
ސިޔާސީގޮތުން އެކި ރޯޅިތައް ކުރިމަތިކޮށް، ބިރުދެއްކުމަށް މަސައްކަތް ނުކުރެވޭނެ
ސިޔާސީ ގޮތުން އަޅުގަނޑަށް ބިރެއް ނުދެއްކޭނެ، ބިރު ނުގަންނާނެކަން ގިނަ ސިޔާސީ ފަރާތްތަކަށް އެނގޭނެ

ކިތަންމެ ވަރަކަށް ބިރުދެއްކުމަށް މަސައްކަތް ކުރެއްވި ނަމަވެސް، ފަހަތަކަށް ނުޖެހޭނެ ކަމަށާއި، ވަރަށް އަވަހަށް ކާމިޔާބު ހޯއްދަވާނެ ކަމަށް ޖުމްހޫރީ ޕާތީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

 

ފުލުހުންގެ އިދާރައަށް ހާޒިރުވެވަޑައިގެންނެވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވީ، ސިޔާސީ ހަތަރު ލީޑަރުން ގުޅިގެން ފަށާއިފައިވާ މަސައްކަތަކީ ރައްޔިތުންގެ މަސައްކަތެއް ކަމަށާއި، އެ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ މަސައްކަތުގައި އެއްވެސް މިންވަރަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

 

ޤާސިމް ވިދާޅުވީ، ގުޅިގެން ކުރާ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ހޯދަވާނެ ކަމަށެވެ. އަދި ސިޔާސީގޮތުން އެކި ރޯޅިތައް ކުރިމަތިކޮށް، ބިރުދެއްކުމަށް މަސައްކަތް ނުކުރެވޭނެކަމަށެވެ.

 

"އެ މަޤްސަދު ހާސިލްކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ހުއްޓުވުމަށްޓަކައި، (ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ޤައުމު އިސްލާހުކުރުމަށް ފަށާފައިވާ މަސައްކަތް) އެއްވެސް ފަރާތަކުން ދައްކާ ވާހަކައެއް، އެއްވެސް ފަރާތަކުން ކުރައްވާކަމަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑަށް ކަށަވަރު ރައީސް ނަޝީދެއްވެސް، ރައީސް މައުމޫނެއްވެސް އަދި އިމްރާނެއްވެސް ފަހަތަށްޖެހޭ ގޮތަކަށް ނޫން މިތިބީ." ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވި އެވެ.

 

ޤާސިމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން ބައެއް ސިޔާސީ ފަރާތްތައް އެމްއެމްއޭ ސަރަހައްދުގައި މަޑުކޮށްލައިގެން -- ފޮޓޯ: ރާއްޖެ.އެމްވީ

 

ގާސިމް ވިދާޅުވި ގޮތުގައި މިއީ އޭނާ ބިރު ގަންނަވަން ހިންގި ތަހުގީގެއް ކަމަށް ބުންޏަސް ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް އޭނާ ބިރުނުގަންނާނެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. ޤާސިމް ވިދާޅުވީ ޤައުމު އިސްލާހުކުރުމުގެ މަސައްކަތުގައި އުޅުއްވާއިރު، ހިޔާލު ތަފާތުވާނެ ކަމަށެވެ. ނަމަވެސް އެއީ ސިޔާސިގޮތުން އަނެއް މީހާގެ ގައިގައި ޖަހަންޖެހޭ ސަބަބެއް ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.

 

"އަޅުގަނޑު ބިރުނުގަންނާނެކަން ޕޮލިޓިކަލް ދާއިރާގައި އުޅޭ ހުރިހާ ބެފުޅުންނަށްވެސް އެނގޭނެ." ޤާސިމް ވިދާޅުވި އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތްކުރަނީ އަމިއްލަ އެދުމައިގެންކަމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދައްކަވާ ވާހަކައަށްވެސް ޤާސިމް ވަނި ރައްދުދެއްވާފަ އެވެ. ޤާސިމް ވިދާޅުވީ އެ ބޭފުޅުންގެ އަމިއްލަ އެދުމަކީ ޤައުމު ކުރިއެރުވުންކަމަށެވެ. އަދި ޤައުމު ކުރިއަރައިގެން ދިއުމުން އެ ބޭފުޅުންގެ އަމިއްލަ އެދުން ފުދުނީ ކަމަށެވެ.

 

"ބައެއް ބޭފުޅުން ވިދާޅުވާނެ، އަމިއްލަ އެދުމޭ، އޭއްޗެކޭ މީއްޗެކޭ. އަމިއްލަ އެދުން ނެތް މީހަކު އުޅޭތޯ. އަޅުގަނޑުމެން އަމިއްލަ އެދުން މިއީ ޤައުމު ކުރިއެރުވުން. މި ޤައުމު ކުރިއަރާކަމުގައިވާނަމަ އަޅުގަނޑުމެންގެ އެދުންވެސް ހާސިލްވީ. ޤައުމު ފަހަތަށްދާކަމުގައިވާނަމަ އަޅުގަނޑުމެންވެސް ދާނީ ފަހަތަށް. އެންމެ ބޮޑު އަމިއްލަ އެދުމެއް އޮންނަ މީހެއް ނޫންތޯ މަސައްކަތް ކުރަނީ ޤައުމު އިސްލާހުކުރަން. އެއީ ކޮންމެ މީހަކުވެސް ބޭނުންވާގޮތް" ޤާސިމް ވިދާޅުވި އެވެ.

- ކޮމެންޓް