ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 18:13
އެމެރިކާގައި ކޮވިޑް-19 ހަލުވިމިނެއްގައި ދަނީ ފެތުރެމުން
އެމެރިކާގައި ކޮވިޑް-19 ހަލުވިމިނެއްގައި ދަނީ ފެތުރެމުން
އަލްޖަޒީރާ
ކޮވިޑް-19
ކޮވިޑް-19: އެމެރިކާގައި ދޮޅުމަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ
މިއީ އެމެރިކާއަށް ލިބުނު އިތުރު ހިތްދަތިކަމެއް
މި ބަލީގެ އެންމެ ގިނަ ކޭސްފެނިފައިވަނީ އެމެެރިކާއިން

އެމެރިކާގައި ކޮވިޑް-19އަށް ޕޮޒިޓިވްވި 06 ހަފުތާގެ ތުއްތު ކުއްޖަކު މަރުވެއްޖެއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ އެމެރިކާގައި މަރުވި މިކުއްޖާއަކީ ކޮވިޑް-19ގައި މިހާތަނަށް މަރުވި އެންމެ ތުއްތު ކުއްޖާއެވެ. މިކުއްޖާ ކޮވިޑް-19 އަށް ޓެސްޓުކުރީ މިދިޔަ ހަފުތާ ތެރޭގައެވެ.

މުޅި ދުނިޔެއިން ވެސް މިހާ ތުއްތު ކުއްޖަކު މިހާތަނަށް މަރުވެފައިނުވެއެވެ. ނަމަވެސް ބުދަ ދުވަހު އެންމެ ހަ ހަފުތާގެ ތުއްތުކުއްޖާގެ މަރަކީ، އެމެރިކާއަށް ލިބުނު އިތުރު ހިތްދަތިކަމެއްގެ ގޮތުގައި އެޤައުމުގެ ޞިއްޙީ މާހިރުން ސިފަކުރައްވައެވެ.

މި ބަލި ދުނިޔޭގެ 206 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސްފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި ދެލައްކައަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު 4000 ވުރެ ގިނަ މީހުން ބަލީގައި ވަނީ މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު 8000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް