ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 17:37
ރައީސް ނަޝީދު ކޮވިޑް-19 އަށް ޓެސްޓްކުރައްވަނީ
ރައީސް ނަޝީދު ކޮވިޑް-19 އަށް ޓެސްޓްކުރައްވަނީ
ރާއްޖެ އެމްވީ
ކޮވިޑް-19
ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ޓެސްޓްކުރައްވައިފި
ޓެސްޓްކުރައްވާފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި
ރައީސް ނަޝީދު ވަނީ މާރޗު މަހުގެ 11 ގައި އިނގިރޭސިވިލާތަށް ވަޑައިގަންނަވާފައި
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި 4 މީހުންނަކީ އިނގިރޭސިވިލާތުން އައި 4 ދިވެހިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް-19 އަށް ޓެސްޓް ކުރައްވައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތެއް ކަަރަންޓީނުކޮށް ޓެސްޓް ހެދުމަށް ނިންމާފައެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު މިދިޔަ މަރޗް މަހުގެ 11 އިން 14 އަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރައްވާފައިވުމާއި ގުޅިގެން އެމަނިކުފާނު ކޮވިޑް-19 އަށް ޓެސްޓްކުރައްވާފައިވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ރައީސް ނަޝީދު ކޮވިޑް-19 ހުރިތޯ ބެލުމަށް ޓެސްޓުކުރައްވާފައިވަނީ ޕަބްލިކް ހެލްތުން އެދޭނަމަ ކޮވިޑް-19 އަށް ޓެސްޓް ކުރެއްވުމަށް ވަރަށް ބޮޑަށް ތައްޔާރަށްކަމަށް ހުންނެވިކަމަށް މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައިވަނިކޮށެވެ. އިނގިރޭސިވިލާތުން ރާއްޖެ އައި 4 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާއިރު އެގައުމުން މިދިޔަ މަހު ރާއްޖެ އައި މީހުން އެވައިރަސްއަށް ޓެސްޓް ނުކުރާތީ އަދި ކަރަންޓީންގައި ނުބައިތިއްބާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. ސަރުކާރުން މިހާރު ވަނީ މަރޗް މަހުގެ 14 ން 19 އަށް ޔޫކޭއިން ރާއްޖެއައި އެންމެންގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންނެވިއިރު އިނގިރޭސިވިލާތަށް ރާއްޖެއިން ޓްރެވަލް އެޑްވައިޒަރީ ނެރެފައިނުވާކަމަށެވެ. އަދި އެގައުމުން އަންނަ މީހުން ޓެސްޓް ކުރުމަށްވެސް އޭރު ނިންމާފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ޓެސްޓް ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

- ކޮމެންޓް
1 އޭޕްރިލް 2020 | ބުދަ 17:48
ދުމާއީ
ނެގެޓިވްތަ ނޫނީ ޕޮޒިޓިވްތަ؟