Advertisement
ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 02:17
ފާރިސް މައުމޫން
ފާރިސް މައުމޫން
ރާއްޖެއެމްވީ
ގާސިމް ފުލުހަށް
ސިޔާސީ ހަރަކާތަށް ހުރަސް ނޭޅުމަށް ފާރިސް ގޮވާލައިފި
ގާސިމް އެ ހުންނެވީ ވަރަށް ސާބިތުކަމާއެކު
އިދިކޮޅު ފަރާތްތައް ތިބީ ގާސިމާއެކު

މިހާރު ސިޔާސީ ފަރާތްތަކަށް ކުރިމަތިކުރަމުން ގެންދާ ކަންކަމަކީ ކުރިމަތިކުރާނެކަން އެނގޭ ކަންކަން ކަމަށާއި ސިޔާސީ ހަރަކާތްތަކަށް ފުލުހުން ހުރަސް ނޭޅުމަށް، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބުދަ ދުވަހުގެ ރޭ ޕޮލިހަށް ހާޒިރުކޮށްފައިވާއިރު، ޖުމްހޫރީ މައިދާން ސަރަހައްދުގައި ހުންނަަވައި، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވީ ސިޔާސީ މަގުސަދަށް ފުލުހުން ބޭނުންކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ހީނުކުރާ ކަހަލަ ކަންކަމެއް ނޫން މި ވަނީކީ. އަޅުގަނޑުމެން މި މަސައްކަތް ފެށި ހިސާބުން އެނގޭ،" އޭނާ ވިދާޅުވި އެވެ.

ހުރަސްތައް ކުރިމަތިކޮށް، ބަންދުކުރިޔަސް، އިދިކޮޅު ފަރާތްތައް ތިބީ ވަރަށް ސާބިތުކަމާއެކުގައި ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

"ގާސިމް އެ ހުންނެވީ ވަރަށް ސާބިތުކަމާއެކު. އަޅުގަނޑުމެން އެންމެން ވެސް މިތިބީ އެބޭފުޅާއާއެކު،" ފާރިސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނެގި ވޯޓުން ވަރަށް ގިނަ ކަންކަން ސާބިތުވެގެން ހިނގެއްޖެކަން ފާހަގަ ކުރައްވައި ފާރިސް ވިދާޅުވީ މަޖިލީހުގައި އާންމުކޮށް ނަގާ އިލެކްޓްރޯނިކް ވޯޓަށް ދާން ނުކެރުނީ އެ ވޯޓް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށެވެ.

މަސީހުގެ ވޯޓް ސަރުކާރު ހިންގާ ކޯލިޝަނުން ކާމިޔާބު ކުރީ، އިދިކޮޅު ފަރާތްތައް މަޖިލީހުގެ އިދާރާއިން ނެރެ، ރޯލް ކޯލް ވޯޓުންނެވެ. ރޯލް ކޯލް ވޯޓް ނެގީ، މަޖިލީހުން މަސީހްގެ އިތުބާރު ނެތް ކަމަށް ފާސްވާނެކަން ސަރުކާރަށް އެނގޭތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް