ކ. މާލެ
|
30 މާރޗް 2020 | ހޯމަ 12:07
ގެސްޓް ހައުސެއްގެ ތެރޭގައި މަރުވެފައި އޮތްވާ ފެނުނު ބަންގްލަދޭޝް މީހާގެ ހަށިގަނޑު ގެންދަނީ
ގެސްޓް ހައުސެއްގެ ތެރޭގައި މަރުވެފައި އޮތްވާ ފެނުނު ބަންގްލަދޭޝް މީހާގެ ހަށިގަނޑު ގެންދަނީ
ޓްވިޓަރ
މީހަކު މަރުވުން
ގެސްޓްހައުސްއެއް ތެރޭގައި މަރުވެފައި އޮތް ބަންގްލަދޭޝް މީހާ ކޮވިޑް-19އަށް ނެގެޓިވް: މަބްރޫކް
އޭނާ ޑައިގްނޯސްވެފައިވަނީ ޑެންގީއަށް
އެއީ 38 އަހަރުގެ މީހެއް

ގެސްޓުހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ބަންގްލަދޭޝް މީހާ ކޮވިޑް-19އަށް ޓެސްޓުކުރެވުނު ކަމަށާއި، ނަތީޖާ ނެގެޓިވް ކަމަށް ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މާލެއިން މަރުވެފައި އޮތް ބަގްލަދޭޝް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެމީހާއާއެކީ އޭޑީކޭ ހޮސްޕިޓަލަށް ދިޔަ މީހެއް ކަމަށާއި، އޭނާ ޑައިގްނޯސްވެފައިވަނީ ޑެންގީއަށް ކަމަށެވެ. ނަމަވެސް ކޮވިޑް-19އަށް ޓެސްޓުކުރެވުނު ކަމަށާއި، ނަތީޖާ ނެގެޓިވްވިކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ޑެންގީގެ އިތުރު ޓެސްޓުތަކެއް ފަހުން ހަދާ ކަހަލަ ގޮތަކަށް އޭނާގެ އޮތީ. ނިޔާވުމާއެކު އެހެން ނަމަވެސް ޔަގީން ކުރުމުގެ ގޮތުން ކޮވިޑް-19ގެ ޓެސްޓު ހެދުނު. އެޓެސްޓުގެ ނަތީޖާ ނެގެޓިވް.
ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ހެންވޭރު ކާސިންޖީ މަގުގައި ހުރި ގެސްޓް ހައުސްއެއްގައި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މަރުވެފައިވާ ކަމަށް އާދިއްތަ ދުވަހުގެ 9:10 ހާއިރު، ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ބުނީ، އެމީހަކީ މ. ކޮޅުފުށިން އައި މީހެއްކަމަށާއި، އެމީހާ ބަނޑަށް ތަދުވާތީ މިމަހުގެ 28 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ދައްކާފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖެއިންވެސް އެބަލި ފެނިފައިވާތީ، ރާއްޖޭގައި ވެސް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ނެވެ.

- ކޮމެންޓް