ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 22:27
މާލޭގައި ހިންގަމުންދާ ފިޓްނަސް ސެންޓަރ އެއް
މާލޭގައި ހިންގަމުންދާ ފިޓްނަސް ސެންޓަރ އެއް
ފިޒިކަލް ފިޓްނަސް ސެންޓަރު
ކޮވިޑް-19
ވަކިގޮތެއް އަންގަންދެން މާލެ ސިޓީގައި ހިންގާ ޖިމްތައް ބަންދުކުރަން އަންގައިފި
މިރޭ 12:00 ފެށިގެން މިގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައި
އެންގުމާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅުއެޅޭނެ

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ވަކިގޮތެއް އަންގަންދެން މާލެ ސިޓީގައި ހިންގާ ޖިމްތައް ބަންދުކުރަން ސަރުކާރުން އަންގައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ އެޗްޕީއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައްއެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނު ކުރުމާއިއެކު ޤާނޫނުގެ 34 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، 2020 މާރިޗު 29 ވަނަ ދުވަހުގެރޭ 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، މާލެ، ހުޅުމާލެ، ވިލިމާލޭގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތަކާއި، އެނޫންވެސް އެފަދަ ކުލާސްތަކާއި ގުރޫޕްކަސްރަތު ހަރަކާތްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް ނިންމާފައިވާކަމަށެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށާއި މިކަމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައްއަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއިދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާކަމަށެވެ.

- ކޮމެންޓް