ކ. މާލެ
|
29 މާރޗް 2020 | އާދީއްތަ 18:38
ކެފޭތައް ވަނީ އާއްމުންނަށް ބަންދުކޮށްފައި
ކެފޭތައް ވަނީ އާއްމުންނަށް ބަންދުކޮށްފައި
ފޭސްބުކް
ކޮވިޑް-19
ކޮވިޑް-19: ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުމާ ގުޅޭ މައްސަލަ މާދަމާގެ ޖަލްސާގައި!
މައްސަލަ ހުށެހެޅުއްވީ ޕީޖީ ލީޑަރު އަލީ އާޒިމް

ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޢާއިލާތަކާއި ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގުރާމު ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި މައްސަލައަކީ، ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތާއި ޢާމްދަނީ ގެއްލިފައިވާ މީހުންނަށާއި ވިޔަފާރިތަކައް އެހީތެރިވެދިނުމުގެ ޕްރޮގުރާމެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ބުދަ ދުވަހު އިޢުލާނު ކުރައްވާފައެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ޢަލީ އާޒިމް ހުށެހެޅުއްވި މި މައްސަލައިގައި ވާގޮތުން ރައީސް ޞާލިޙް އިޢުލާނުކުރެއްވި އެ ޕްރޮގުރާމު ޙަޤީޤަތަކަށް ހެދުމަށްޓަކައި، އެޕްރޮގުރާމު ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް އެޕްރޮގުރާމު ހިންގާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމަކީ މުހިންމު ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ހުށަހެޅުއްވި މައްސަލައިގައި ވާގޮތުން އެޕްރޮގުރާމު ހިންގުމަށް، ކޮވިޑް-19 އާއި ގުޅިގެން، ވަޒީފާ ގެއްލޭ ފަރާތްތަކާއި، ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަކީ މުހިންމުކަމެއްކަމަށެވެ. އެހެންނަމަވެސް އެފަރާތްތަކަށް އުޖޫރަދޭންވާނީ، އިޤްތިޞާދަށް ފައިދާވާ ބާވަތުގެ މަސައްކަތެއް ކުރުމަށް އެފަރާތްތަކަށް މަތިކޮށް، އެފަރާތްތަކުގެ މަސައްކަތުގެ ސަބަބުން އިޤްތިޞާދުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނޭ ގޮތްތަކަކަށް ރޭވިގެން ކަމަށެވެ.

އެގޮތުން، މިޙާލަތުގައި ރާއްޖޭގައި ތަރައްޤީ ކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އެދާއިރާތަކުގެ މަސައްކަތް ފެށުން މުހިންމު ކަމަށް ބަޔާންކޮށްފައިވެއެވެ.

މިޙާލަތުގައި މިހާރުވެސް ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ބޮޑެތި ރަށްރަށް ފާހަގަކޮށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ދަނޑުވެރިކަމުގެ ސިނާޢާތު ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގުރާމުތައް އެރަށްރަށުގައި ހިންގުމަށް ހުށަހަޅާފައިވެއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތައް ދިނުމަށް ކަނޑައަޅާފައިވާ ޕެކޭޖުގެ ތެރޭގައި މަސް ރައްކާކުރެވޭނެ ގޮތް ހަދާ މަސްކައްކައި ހިއްކައި ބާޒާރަށް އަދި ދުނިޔޭގެ ބާޒާރަށް ދިވެހި އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ޙާއްޞަ ޕެކޭޖެއް ހިމެނުން ވެސް ހިމެނެއެވެ.

- ކޮމެންޓް