ކޮވިޑް-19 އާއި ގުޅިގެން ދަމަނަ ވެށިން ދެމުން އަންނަ ވެކްސިން ދިނުމުގެ ޚިދުމަތަށް ބަދަލު ގެނެސްފިއެވެ.
ދަމަނަ ވެށިން ނެރިފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާރޗް 12 އިން ފެށިގެން ޢިއުލާނު ކޮށްފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން 29 މާރޗުން 2 އެޕްރީލްއަށް އަށް ދަމަނަވެށިން ވެކްސިންދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
އެގޮތުން 18 އަހަރުން ދަށުގެ ކުދިންނަށް އީޕީއައިވެކްސިން (ގައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންތައް) ދިނުން / އަދި އެކުދިންނަށް (އޮޕްޝަނަލް) ޑޮކްޓަރުން ލިޔެދެއްވައިގެން ޖަހާ އެހެނިހެން ވެކްސިން ދޭނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ހުކުރު، ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު ކަމަށެވެ.
އަދި ފްލޫ ވެކްސިން ޖެހުމަށް ބޭސް ސިޓީ ހައްދައި ދިނުމާއި، ފްލޫ ވެކްސިން ޖަހައިދޭނީ މެންދުރު 1:00 އިން މެންދުރުފަހު 3:00 އަށް އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ.
މީގެ އިތުރުން މި ދެ ޚިދުމަތްތައް ފިޔަވާ އިތުރު ޚިދުމަތްތައް މިވަގުތު ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށާއި، ޚިދުމަތްތަކަށް ގެނެވޭ ބަދަލުތައް އަންގަމުން ދާނެ ކަމަށެވެ. އަދި ޚިދުމަތް ހޯދަން އަންނައިރު އައިޑީ ކާޑު، އަދި ކުޑަކުދިންގެ ވެކްސިން ޖަހަން ވެކްސިން ފޮތް ގެނައުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.
އަދި ފްލޫ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ޑޮކްޓަރު ސިޓިއާއި އެކު ވެކްސިން ގަނެގެން އައުމުން ކަމަށާއި، ވެކްސިން ޖެހުމުގެ ފީއަށް ދިވެހިންނަށް 10 ރުފިޔާ އަދި ބިދޭސީންނަށް 20 ރުފިޔާ ނަގާނެ ކަމަށް ދަމަނަ ވެށިން ބުނެއެވެ.
އެ ސެންޓަރުން ވަނީ މިދަނޑިވަޅުގައި ޚާއްސަކޮށް ރޯގާޖެހި ހުންއައިސް ކެއްސާނަމަ، އެފަރާތްތަކުން ފްލޫ ކްލިނިކަށް ދެއްކުމަށް އިލްތިމާސް ކޮށްފައެވެ.