ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 19:01
ކުރެއްދޫ އައިލެންޑް ރިސޯޓް
ކުރެއްދޫ އައިލެންޑް ރިސޯޓް
ގޫގުލް
ކުރެއްދޫ
ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓު އަމުރެއް ނެރެފި
ބެލެވޭ ގޮތުގައި އަމުރު ނެރުނީ ކުރެއްދޫއިން ކޮވިޑް-19 އާ ގުޅުންހުރި ކޭސްއާ ގުޅިގެން
އޭނާއަކީ ވައިރަސްއަށް ޕޮޒިޓިވްވުމަށް ފަހު ރަނގަޅުވެގެން ދޫކޮށްލާފައިވާ ފަރާތެއް

ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިމިގްރޭޝަނަށް އަމުުރުކޮށްފި އެވެ.

ރާއްޖެ.އެމްވީ އަށް ވަނީ ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ލިބިފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ސޮއިކުރައްވާ ނެރުއްވާފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ކުރެއްދޫ ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާއިރު، އެ ފަތުރުވެރިޔާ ގައިގައި ބަލި ހުރިކަން ދެނެނުގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ދިވެހިރާއްޖޭގައި ފެތުރިފައިވާ ކަމަށެވެ.

އިތުރު ފަރާތްތަކުގެ ސިއްހަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިލުމުގައި އިޓަލީގެ ފަތުރުވެރިޔާ އެކި ގޮތްގޮތުން މުއާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް އަމަލުކޮށް އިހުމާލުވެފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެހެންކަމުން މައްސަލައިގެ ތަހުގީގު ނުނިމެނީސް އެ އަންހެން މީހާ ރާއްޖެއިން ފުރައިގެން ގޮސްފާނެކަމަށް ބެލެވޭތީ، އޭނާގެ ޕާސްޕޯޓް ނުވަތަ ޓްރެވެލް ޑޮކިއުމެންޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އިމިގްރޭޝަނަށް އަމުރުކޮށްފައެވެ.

އެގޮތުން މާޗް މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްދޫ ޑޮކްޓަރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް މި މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިމިގްރޭޝަނަށް ފޮނުވި ކޯޓު އަމުރުގައިވެއެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ ރިސޯޓުންނެވެ.

- ކޮމެންޓް
30 މާރޗް 2020 | ހޯމަ 14:07
އަހަރެން
ބައެއް ރިސޯޓްތަކުން ސެލެކްޓް މީހުން ކޮޅެއް ނެގުމަށް ފަހު ބާކީ މީހުން ލައްވާ އެންމެ ފަހު ގެސްޓް މީހާ ފުރީމަ އެޕްރިލް މަހު މުވައްޒަފުން ގެ އޮފްޑޭ ތައް ހަމަ ޖައްސާފައި ރިސޯޓުން ފުރަންދެން އޮފްޑޭ ގޮތުގައި ހުރެގެން ވެރިން ދައްކާ މަސައްކަތް ކުރަން ޖެހޭ ...އެކަމާ ހިތްހަމަ ނުޖެހި ޗުއްޕް ބުނާ މީހުން ސްޕައިޒަރުން ލައްވާ ނޯޓް ކުރުމަށް ފަހު ރިސޯޓް ހުޅުވޭއިރު ސަކުވާ ކޮށް މީޑިޔާތަކަށް މައުލޫމާތު ދޭ މުވައްޒަފުން އަނބުރާ ނުގެނެސް އެމީހަކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލް ކޮށްލާގޮތަށް ރާއްވާ ރިސޯޓްތައް ގިނަ ވެއްޖެ ތަނުން ކާންދީފައި ނިންދަވާ ނަމަ އޮފްގައި ހުއްޓަސް ރިސޯޓުން ފައިބަންދެން މަސައްކަތަށް ނުކުތުމަށް ދަނީ މަޖުބޫރު ކުރަމުން