ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 18:00
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ރައީސް އޮފީސް
ކޮވިޑް-19
އާކް ނޯބަލް ސަފާރީގައި ހުރި ދިވެއްސެއް ޓެސްޓުކުރާތީ އެސަފާރީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި
ނަތީޖާ ލިބެންދެން އޮންނާނީ މޮނިޓަރިންގައި
މިހާތަނަށް 880 ސާންޕަލްއެއް ނެގިފައި

އާކް ނޯބަލް ސަފާރީގައި ހުރި ދިވެއްސެއް ކޮވިޑް-19 އަށް ޓެސްޓުކުރުމުގެ މަސައްކަތްކުރަމުންދާތީ އެސަފާރީ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހޮނިހިރު ދުވަހު ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ދިވެއްސެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން އާކް ނޯބަލް ސަފާރީ މޮނިޓަރިންގެ ހާލަތަށް ގެންދެވިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ތާޖް އެގްޒޯޓިކާ ރިސޯޓުން ވެސް ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާތީ އެރިސޯޓު ވެސް އޮތީ މޮނިޓަރިންގައި ކަމަށެވެ.

މޮނިޓަރިންގެ ހާލަތަށް ގެންދެވުނު ރަށްތައް އެރަށްރަށުގެ ސާންޕަލްތައް ލިބި އޭގެ ޑޮކިއުމެންޓްތައް ހަވާލުކުރެވެންދެން އަދި އޮތީ މޮނިޓަރިންގެ ހާލަތުގަ.
ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

މަބްރޫކް ވިދާޅުވީ މިހާތަނަށް 880 ސާންޕަލްއެއް ނެގިފައިވާ ކަމަށާއި، 16 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 864 ނެގެޓިވްވެފައިވާއިރު، ސާންޕަލްގެ ނަތީޖާ ނުލިބޭ ސާންޕަލްއެއް ހޮނިހިރު ދުވަހުގެ މެންދުރު ފަސްވެ ދިޔައިރު ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި 16 މީހުންގެ ތެރެއިން 11 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ފަރުވާ ދެމުންދާ މީހުންގެ ހާލަތު ވެސް ރަނގަޅުވަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

- ކޮމެންޓް