ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 18:14
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ފުލޫ ކްލިނިކްތަކުން މިހާތަނަށް 4217 މީހުންނަށް ފަރުވާ ދީފައިވޭ: މަބްރޫކް
ކަރަންޓީން ފެސިލިޓީތަކުގެ ތެރޭގައި 824 މީހަކު އެބަތިބި
ފަސް ސަރަހައްދެއްގައި ފްލޫ ކްލިނިކްތައް ވަނީ ގާއިމްކުރެވިފައި

މާލެ ސިޓީގައި ގާއިމްކުރެވިފައިވާ ފުލޫ ކްލިނިކްތަކުން މިހާތަނަށް 4217 މީހުންނަށް ފަރުވާ ދީފައިވާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއަށްވެސް ފޯރާފައިވާތީ، އެކަމަށް ހާއްސަ ފުލޫ ކްލިނިކްތަކަކުން ހިދުމަތްތަކެއް މިހާރުވެސް ދެމުން ދެއެވެ. އެގޮތުން، ސެނެހިޔާގައި ފުލޫ ކްލިނިކެއް ހުޅުވާފައިވާއިރު، ޓްރެވަލް ފްލޫ ކްލިނިކެއް މާލޭގައި ހުޅުވާފައިވެއެވެ. އަދި ހުޅުމާލޭގައި އެކްސްޕެޓް ފްލޫ ކްލިނިކެއް ހުޅުވާފައިވާއިރު، ވިލިމާލޭގައި ވެސް ވަނީ ފުލޫ ކްލިނިކެއް ހުޅުވާފައެވެ.

ހޮނިހިރު ދުވަހު ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފުލޫ ކްލިނިކްތަކާއި އެކްސެޕްޓް ކްލިނިކަށް ބަލާއިރު ޖުމްލަ މިހާތަނަށް 4217 ފަރާތަކަށް ވަނީ ފަރުވާ ދީފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 188 މީހަކު މިތަންތަނަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ހުރި އައިސޮލޭޝަން ފެސިލިޓީތަކަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ ވެލިދޫގައި 20 މީހަކު، ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައި 03 މީހުން އަދި ރާއްޖޭގެ އެކި ކަރަންޓީން ފެސިލިޓީތަކުގެ ތެރޭގައި 824 މީހަކު އެބަތިބި ކަމަށެވެ. އަދި އެރިއަދޫ ކަރަންޓީން ފެސިލިޓީގައި 70 މީހަކު ތިބިކަން ވެސް މަބްރޫކް ހާމަކުރެއްވިއެވެ.

- ކޮމެންޓް