ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި މި ރާއްޖެވެސް މި ދަނީ ބައިވެރިވެ މި ނުރައްކަލުން ދުނިޔެ ސަލާމަތް ކުރުމަށް އަތާއަތްކުރި އޮޅާލާ މަސައްކަތް ކުރަމުންނެވެ. މި ސަރުކާރުން ދިވެހި މި ފަސްގަޑުގައިވާ ކޮންމެ ފަރުދެއްގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް އަންނަނީ ވަމުންނެވެ. މިފަދަ ދަޑިވަޅެއްގައި ވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ދަނީ މި ނުރައްކާތެރި ބަލިމަޑުކަން "ސިޔާސީ އައްޑަނަޔަކަށް" ބޭނުން ކުރަމުންނެވެ. ފިތުނައިގެ ހުޅުގަނޑު ރޯކޮށް ބޮޑު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ސާބިތު ނުހިފޭ ދޮގު މައުލޫމާތުތައް ބައެއް ޗެނަލްތަކާއި ނޫސް މަޖައްލާތައް މެދުވެރިކޮށް ފަތުރަމުންނެވެ. ނުވިތާކަށް ސޯޝަލް މީޑިއާ ބޭނުންކޮށްގެން ސަރުކާރުގެ އަގުވައްޓާލާ ރައްޔިތުންގެ މެދުގައި މި ސަރުކާރާ މެދު ރުޅިވެރިކަން ފަތުރަން މަސައްކަތް ކުރަމުންނެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މެންބަރުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ މި ފިތުނަވެރިކަމަކީ ސަރުކާރު ޒިންމާދާރު ކުރުން ކަމަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް ރައްޔިތުން މި ކަންކަމަށް ބީރު ކަންފަތެއް ދިނުމުން މިހާރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިސްނުން ވެސް ބަދަލު ރާގު މުޅިން ބަދަލު ކޮށްލައިފިއެވެ. ސަމުގާ އެހެން ދިމާލަކަށް އަބުރާލައިފިއެވެ. އިއްޔެއާ ހަމައަށް ކޮވިޑް-19 އާއި ދެކޮޅަށް މި ސަރުކާރުން އަޅަމުން ދިޔަ ފިޔަވަޅުތައް އަދުރޭއަށް ގޯހެވެ. ވަރަށް ވެސް ގޯހެވެ. މި ސަރުކާރުން ދޮގު ހަދަމުންދާ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވަމުންނެވެ. ކޮވިޑް-19 އިން އަރައިގަނެވޭނެ ގާބިލުކަން މި ސަރުކާރުގައި ނެތްކަން ދައްކާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އައީ މަސައްކަތް ކުރައްވަމުންނެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަދި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މެންބަރުން ދިޔައީ ކެނޑިނޭޅި އެކިގޮތްގޮތަށް މި ވާހަކަތައް ފަތުރަމުންނެވެ. ނަމަވެސް މިއަދު އަބްދުއްރަހީމް ވިދާޅުވާ ވާހަކަފުޅު ތަފާތެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކުރީ އިދިކޮޅުގެ "މޮޅު" ކަމައީ އޭނާގެ "ދުރުވިސްނުމުގެ" ސަބަބުންނެވެ.
އަޅުގަނޑުމެން އެންމެ ފުރަތަމަ ގޮވައިލީ އެސްއޯއީ [ސްޓޭޓް އޮފް އިމަޖެންސީ] އިއުލާނުކޮށްގެން ނަމަވެސް އެބަޖެހެޔޭ، މިގައުމު މިކުރިމަތިވާ ކަންތައްތައްތަކުން ސަލާމަތްކުރެވޭނެ މަގެއް ހޯދަން. ރައްޔިތުންނަށް މި ވާނުވާ އޮޅުން ފިލުވައިދޭން. އަޅުގަނޑުމެން އެވާހަކަ ދެއްކި ފަހުން އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކުރީއޭނާ ވިދާޅުވިއެވެ.![]()
އަބްދުއްރަހީމް ނުބުންޏަސް މި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ބަސްފުޅާއި އަމަލުފުޅުތަކުން ވަނީ އެކަން ސާބިތުކޮށްދެއްވާފައެވެ.
އަބްދުއްރަހީމް ތިޔަހާ ދުރުވިސްނޭ ބޭފުޅަކު ދެއިރު ދެގޮތަށް ވާހަކަފުޅު ނުދައްކަވާ! ނޫނީ އަބްދުއްރަހީމް ގެ ތިޔަވިސްނުން ބޭނުން ފުޅުކުރައްވައިގެން ކޮވިޑް-19 އިން އެހެން ޤައުމުތައްވެސް ސަލާމަތްކޮށްދެއްވާ!!
މިހާރު ވެސް ގިނަ ރައްޔިތުން ސިފަކުރަނީ އަބްދުއްރަހީމް އަކީ އިތުރުފުޅު ހައްދަވަން މޮޅު ބޭފުޅެއްގެ ގޮތުގައެވެ. މި ސަރުކާރުގެ ފުރިހަމަކަން ފެނި ދައްކާނެ ވާހަކަ ހުސްވެ ދެއްކިހާ ވާހަކަތައް ތޮޅިޔަށް ދިއުމުން އަމިއްލަފުޅު ބޮލުގައި ތާޖު އަޅުއްވަން ނޫޅުއްވާ، ހޯހޯހޯ! ރާއްޖޭގެ ރައްޔިތުން މިއަދު ތިއަށްވުރެން ހޭލުންތެރިވެއްޖެއެވެ. މި ސަރުކާރަށް ކުރަމުންދާ އިތުބާރު މާ ބޮޑުވެއްޖެއެވެ. އަބްދުއްރަހީމުއެވެ. މިހާރު އިދިކޮޅު ތިޔަވަނީ ހަމަ ބޮޑުތަނުން ވެސް ފެއިލް ވެފައެވެ. ދެން ގޭގައި މަޑުކޮށްލައްވާށެވެ.