ކ. މާލެ
|
28 މާރޗް 2020 | ހޮނިހިރު 04:00
ބެލްޖިއަމްއިން ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުން
ބެލްޖިއަމްއިން ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުން
އޭއެފްއެސްސީއޭ
ކޮވިޑް-19
ބެލްޖިއަމް އިން ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ހޮންގް ކޮންގްއިން ވަނީ ދެ ކުއްތާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ
ބުޅާ ބަލަހައްޓާ މީހާވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ

ދުނިޔޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ކޮވިޑް-19 އަށް ބެލްޖިއަމްއިން ބުޅަލެއް ޕޮޒިޓިވް ވެއްޖެއެވެ.

ބެލްޖިއަމްގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ އެގައުމުން ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ބެލެވޭ ގޮތުގައި ބުޅާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެ ބުޅާ ބަލަހައްޓާ މީހާގެ ފަރާތުން ކަމަށެވެ. ބުޅާ ބަލަހައްޓާ މީހާވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ބެލްޖިއަމްގެ ސިއްހަތާއިބެހޭ ވުޒާރާއިން ބުނީ ބުޅަލަށް ވައިރަސް ޖެހިފައިވަނީ ބުޅާ ބަލަހައްޓަމުންދިޔަ މީހާގެ ފަރާތުން ކަމަށާއި އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންނާއި ގައިގޯޅިވެ އުޅުމުން ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

ބުޅަލަށް ކޮވިޑް-19 ޖެހުނުކަން އިނގުނީ ބޮޑުކަމުދިޔުމުގައި އުނދަގޫތަކެއް އުޅުމުން ކޮވިޑް-19 އަށް ޓެސްޓުކުރުމުންނެވެ.

ބެލްޖިއަމްގެ ފުޑް އެންޑް ސޭފްޓީ އެޖެންސީއިން ބުނީ ބުޅަލުގެ ޒަރިއްޔާއިން އިންސާނުން އަދި ޖަނަވާރަށް ވެސް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އޮތްކަމަށް އަދި ބެލެވިފައި ނުވާ ކަމަށާއި ނަމަވެސް ޖަނަވާރުން ގެންގުޅޭ ފަރާތްތަކުން އެއާއި ގައިގޯޅިވެ ނޫޅުމަށް އެދޭކަމަށެވެ.

ބެލްޖިއަމްއިން ބުޅަލެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ހޮންގް ކޮންގްއިން ވަނީ ދެ ކުއްތާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

- ކޮމެންޓް