ކ. މާލެ
|
27 މާރޗް 2020 | ހުކުރު 12:04
ސްވިޒަލެންޑްގެ ހޮސްޕިޓަލެއްގެ ތެރެ
ސްވިޒަލެންޑްގެ ހޮސްޕިޓަލެއްގެ ތެރެ
ޑެއިލީ މެއިލް
ކޮވިޑް-19
ކޮވިޑް-19: 10،000 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ޔޫރަޕްގެ ފަސްވަނަ ގައުމަކަށް ސްވިޒަލެންޑް
އެގައުމުން މިހާތަނަށް އާއިރު 10،714 މީހުންނަށް ވައިރަސް ޖެހިފައިވޭ
161 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައި

ޔޫރަޕްގެ ގައުމުތަކުން 10،000 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ފަސްވަނަ ގައުމަކަށް ސްވިޒަލެންޑް ވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުން އަލަށް ވައިރަސް ޖެހުނު މީހުންގެ އަދަދުވަނީ ހާހަކާ ކައިރިކޮށްފަ އެވެ. އެގައުމުގެ ހެލްތު މިނިސްޓަރ ވިދާޅުވީ އެގައުމުން މިހާތަނަށް އާއިރު 10،714 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށެވެ. އަދި 161 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

ޔޫރަޕްގެ ގައުމުތަކުން ދެން 10،000 ށް ވުރެ ގިނަ މީހުންނަށް މިހާތަނަށް އާއިރު ވައިރަސް ޖެހިފައިވަނީ އިޓަލީ، ސްޕެއިން، ޖަރމަނީ އަދި ފްރާންސް އެވެ. ސްވިޒަލެންޑްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އަންނަނީ ވައިރަސް ޖެހިފައިވާ އިތުރު މީހުން ދެނެގަތުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އާއިރު އެގައުމުން ފެނިފައިވާ ގިނަ ކޭސްތަކަކީ ސްވިޒަލެންޑްގެ ވެރިރަށުން ފެނިފައިވާ ކޭސްތަކެވެ.

ސްވިޒަލެންޑްގެ ސަރުކާރުން ވަނީ އެގައުމުގެ ސްކޫލްތަކާއި، ރެސްޓޯރެންޓްތަކާއި ކާބޯތަކެތި ވިއްކާ ފިހާރަތައް ނޫން އެހެން ފިހާރަތައް ބަންދުކުރުމަށް ނިންމާފަ އެވެ. އަދި ފަސް މީހުންނަށް ވުރެ ގިނައިން އެއް ނުވުމަށާއި ކޮންމެ ދެމީހެއްގެ ދެމެދު ދެ މީޓަރު ހުންނަންވާނެކަމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް