އަމިއްލަ ފަރާތްތަކުން ޗާޓަރ ފްލައިޓް މެދުވެރިކޮށް ދިވެހިން ގެނައުމުގެ ހުއްދަ ދިނުން މެދުކަނޑާލައިފި އެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ވަކި ވަކި ފަރާތްތަކުން ޗާރޓާކޮށްގެން ދިވެހިން ގެނައުމަށް އޮޕަރޭޓް ކުރަން އެދި ހުށައަޅާ ފްލައިޓްތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާ ކަމަށެވެ.
ކޮވިޑް-19 ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ހުކުރު ދުވަހުން ފެށިގެން، ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ. ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ވަކި ގޮތެއް ނިންމަން ދެން ރާއްޖެ އެތެރެ ނުވެވޭނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެކަމަކު ގިނަ ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށް އުދުހުން މަނާކޮށްފައިވާތީ ދަތިތަކާއި ވަނީ ދިމާވެފައެވެ.