Advertisement
ކ. މާލެ
|
29 މާރޗް 2017 | ބުދަ 19:17
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
މުހައްމަދު ޝަރުހާން
ގާސިމް ޕޮލިހަށް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަން ޗިޓް ފޮނުވައިފި
ގާސިމް ހާޒިރުކުރާއިރު، ޑެޕިއުޓީ ލީޑަރު ރިޔާޒު ވެސް ހާޒިރުކޮށްފަ
ގާސިމް ފުލުހުން އޮފީހަށް ހާޒިރު ކުރަނީ މިރޭ 20:30 އަށް
ގަސިމަކީ އިސްލާހީ ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވުމށް ޗިޓް ފޮނުވައިފި އެވެ.

 

އެކަމާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ ގާސިމް ފުލުސް އޮފީހަށް ޗިޓް ފޮނުވިކަން ހާމަކުރަން ބޭނުންނުވާ ކަމަށާއި ގާސިމް ފުލުސް އޮފީހަށް ހާޒިރުވާ ނަމަ އެކަން މީޑިއާއަށް އެނގޭނެ ކަމަށެވެ.

 

ގާސިމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާކަން ފުލުހުން ދޮގެއް ނުކުރެ އެވެ.

 

"ރާއްޖެއެމްވީ"އަށް ކަށަވަރުވެފައިވާ ގޮތުގައި ގާސިމް ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވާފައިވާ ޗިޓްގައި ވަނީ ބުދަ ދުވަހުގެ ރޭ 20:30 އަށެވެ. 

 

ފުލުސް އޮފީހަށް ގާސިމް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާއިރު، ގާސިމަކީ މިވަގުތު އިދިކޮޅު ސިޔާސީ ޕާޓީތައް ހިންގާ ހަރަކާތުގައި އެންމެ އިސްކޮށް ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް އެކުލަވާލާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ވެސް އެންމެ އިސްކޮށްހުންނެވި އެއް ލީޑަރެވެ.

 

ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ބުނެފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން މަޖިލީހަށް ވައްދާނެ ކަމަށާއި އެކަން ކާމިޔާބުކޮށް، ގައުމު ހަމަމަގަށް އަޅުވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

 

ގާސިމް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވާއިރު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ކޯޓް އަމުރެއްގެ ދަށުން ފުލުސް އޮފީހަށް ހާޒިރު ކޮށްފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް