ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 11:16
ޖިންސީ އަނިޔާ ލބޭކަން ދައްކުވައިދޭ ފޮޓޯއެއް
ޖިންސީ އަނިޔާ ލބޭކަން ދައްކުވައިދޭ ފޮޓޯއެއް
ގޫގުލް
ޖިންސީ އަނިޔާ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެއް
މި މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން (ތ-ލ ގައި ހިމެނޭ ޑިވިޝަން) ގެ 18 އަހަރުން ދަށުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިހިނގާ މާރޗް މަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު މިމަހުގެ 25 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ސީރިއަސްކޮސް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށްޓަކައި އެ ސަރވިސްއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

- ކޮމެންޓް