ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 09:33
މާލޭގެ ވިޔަފާރި ބަނދަރަށް މުދަ އުފުލާ ބޯޓަކުން މުދާ ބަލަނީ
މާލޭގެ ވިޔަފާރި ބަނދަރަށް މުދަ އުފުލާ ބޯޓަކުން މުދާ ބަލަނީ
މުހައްމަދު ޝަރުހާން
މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ
ޝިޕިންގ ކުންފުނީގެ ފުރަތަމަ ބޯޓު މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ ގެންނަނީ
މި ކުންފުނި ހިންގަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި

ރާއްޖޭގައި ޝިޕިންގ ކުންފުންޏެއް އުފައްދާ އެ ކުންފުނީގެ މަސައްކަތަށް ގެންނަ ފުރަތަމަ ބޯޓު މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ޝިޕިން ކުރިއެރުވުމަށްޓަކައި އެސްޓީއޯއިން އެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެސްޓީއޯއިން ސަބްސިޑަރީ ކުންފުންޏެއް "މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ" ގެ ނަމުގައި އުފައްދާ އެ ކުންފުނީގެ ފުރަތަމަ ބޯޓު މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

އިރާދަ ކުރެއްވިއްޔާ އެއާއި އެކީގައި އަޅުގަނޑުމެން އެއަށް އިންވެސްޓްކޮށް އަނެއްކާ ވެސް ރާއްޖޭގައި ކުރިން އޮތް ޝިޕިންގެ ފަހުރުވެރި ތާރީހު އަނބުރާ ގެނައުމަށް މަސައްކަތް ކުރާނަން. އަދި އޭގެ އިތުރުން ވެސް ކުރެވޭނެ ކަންކަން އެބަހުރި. އަޅުގަނޑުމެން އެބަޖެހޭ ޑައިވަރސިފައި ކުރަން. އެކަންތައް އަޅުގަނޑުމެން ކުރާނަން،
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެސްޓީއޯ އިން ބުނީ މިއަހަރުގެ ތެރޭގައި ޝިޕިން ދާއިރާއަށް އިންވެސްޓްކޮށް ރާއްޖެއަށް ބޯޓުތައް ގެނައުމުގެ މަސައްކަތް ފެށުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެއީ އެސްޓީއޯގެ މަސައްކަތްތައް ފުޅާކޮށް އިގްތިސާދީގޮތުން ނަފާ ލިބޭ ދާއިރާތަކުގައި އިންވެސްޓްކުރަން ފަށަން ބޭނުންވާތީ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް