ކ. މާލެ
|
26 މާރޗް 2020 | ބުރާސްފަތި 08:22
ސްވިމިންގް އެސޯސިއޭޝަނާއި ގުޅިގެން ހއ. އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި ފެތުމުގެ މުބާރާތް
ސްވިމިންގް އެސޯސިއޭޝަނާއި ގުޅިގެން ހއ. އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި ފެތުމުގެ މުބާރާތް
ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ކޮވިޑް-19
ކޮވިޑް-19: ސްވިމިންގް އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފި
އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ގޭގައި މަޑުކުރަން އެއްބާރުލުން ދިނުމުގެ ގޮތުން

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސްވިމިންގ އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން އަންނަ މަހަށް ފަސްކޮށްފިއެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބުނީ މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމި އިންތިހާބު އަންނަ މަހުގެ 11 ވަނަ ދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ. އަދި މިކަން އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އިންތިޚާބީ ކެންޑިޓޭޓުނަށް އަންގާފައިވާނެ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ބަދަލުކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

އަދި އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚު ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހު ރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަދި އިންތިޚާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން 4 އެޕްރީލް ގައި އިޢުލާނު ކުރެވޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

- ކޮމެންޓް