ކ. މާލެ
|
25 މާރޗް 2020 | ބުދަ 21:34
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ރައީސް ޔާމީން
ޖަލު ހުކުމެއްގައި ހުރި ވަކި ފަރާތަކަށް ވަކިގޮތެއް ހެދުމުގެ ވިސްނުމެއް ނެތް: ރައީސް ޞާލިހު
ގައިދީންގެ އަދަބު ލުއިކުރެވޭނެ ގާނޫނީ އުސޫލުތަކެއް ކަނޑައެޅިފައިވޭ
ޕީއެންސީގެ ރައީސް އަބްދުއްރަހީމް ރައީސް ޞާލިހުއަށް ގުޅުއްވާ، ވާހަކަވެސް ދެކެވޭ
އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލަމުން

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ މީހުންގެ ތެރެއިން ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޞާލިހު ވަނީ އެމަނިކުފާނުގެ ބަޔާނަކާއެކު، ގާތްކަނޑަކަށް ދެގަޑިއިރު ނޫސްވެރިންނާއެކު އެފަރާތްތަކުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަގުތު ހޭދަ ކުރައްވާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަރުބާރުގޭގައި ގާއިމުކޮށްފައިވާ، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އެއްވެސް ލުޔެއް ނުވަތަ ގެއަށް ބަދަލު ކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވަންތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ، ޖަލުގައި ތިބޭ ފަރާތްތަކަށް މައާފު ދިނުމަށް ގާނޫނުގައި ވަކި އުސޫލުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖަލުގައި ތިބި މީހުންގެ ތެރެއިން ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތް ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

ޖަލުގައި ތިއްބެވި ފަރާތްތަކާއި، ތިބި ފަރާތްތަކަށް މައާފު ދިނުމުގެ އިހުތިޔާރު މި އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ހަމަޖެހިފައި. އެ އުސޫލުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ. އެހެންވީމަ އެގޮތަށް އަޅުގަނޑު އަމަލުކުރަމުން ގެންދާނަން. ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް،
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޔާމީނާ ގުޅޭގޮތުން ސުވާލުކުރެއްވި ނޫސްވެރިޔާ ވަނީ މިހާރު ދިމާވެފައިވާ އިގްތިޞާދީ އަދި ނުތަނަވަސްކަން އުފެދިފައި މިވާ ދަނޑިވަޅުގައި އިދިކޮޅު ލީޑަރުންނަށް މަޝްވަރާ ނުކުރައްވާކަން ފާހަގަކުރައްވާ ސުވާލު ކުރައްވާފަ އެވެ.

އެސުވާލުގެ ޖަވާބުގައި ރައީސް ޞާލިހު ވިދާޅުވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގުޅުއްވާކަމަށާއި އަދި އޭނާ ވާހަކަ ދެކެވެމުންދާ ކަމަށެވެ. އަދި މިފަހަކުން ދެ ފަހަރެއްގައި އަބްދުއްރަހީމް ފޯނު ކުރެއްވި ކަމަށާއި ނަމަވެސް އެފޯން ކޯލްތައް ނުނެގިދިޔަކަން ރައީސް ވަނީ ވިދާޅުވެފަ އެވެ.

ދެން އިދިކޮޅު ފަރާތްތަކު ލީޑަރުންނާ އަޅުގަނޑާ ގުޅޭ ދޭތެރެ ދޭތެރެއިން. އެކަމަކު މިދޭތެރެއިން އަބްދުއްރަހީމް [ޕީއެންސީގެ ރައީސް] ކުރެއްވި ދެ ކޯލެއް އަޅުގަނޑަށް ނުނެގިދިޔަ. އަބްދުއްރަހީމަކީ އަޅުގަނޑާ ބަރާބަރަށް ވާހަކަ ދައްކަމުން ގެންދޭ. މިދިޔަ ދެ ދުވަހު އެބައޮތް އަޅުގަނޑަށް ދެ މިސްކޯލް. އަޅުގަނޑަށް ނުނެގިއްޖެއްޔާވެސް ފަހުން ގުޅަން. އެހެންވީމަ އަޅުގަނޑާ އެ ބޭފުޅުންނާ ބަރާބަރަށް ވާހަކަ ދެކެވޭ،
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޔާމީން ހުންނެވީ، އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުން މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ 1.23 ބިލިއަން ރުފިޔާގެ ހިޔާނާތުގައި ހިމެނޭ މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް ޖަލުގަ އެވެ.

ރާއްޖޭގެ އިގްތިޞާދު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެކަނިވެސް، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ތިން ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ހިޔާނާތްތެރި ވެފައެވެ. ރައީސް ޔާމީނުގެ ސަރުކާރުން ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރާއްޖޭ 57 ފަޅު ރަށަކާއި ފަޅުތަކެއް ނުއަގުގައި ވިއްކާލައި އެފައިސާއަށް ހިޔާނާތްތެރި ވެފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

- ކޮމެންޓް