ކ. މާލެ
|
29 މާރޗް 2017 | ބުދަ 17:26
ރަޖުނިކާންތަކީ ތަމަޅައިންގެ މެދުގައި މަގުބޫލު ތަރިއެއް
ރަޖުނިކާންތަކީ ތަމަޅައިންގެ މެދުގައި މަގުބޫލު ތަރިއެއް
ގޫގުލް
ރަޖްނިކާންތު ލަންކާ ދަތުރު
ރަޖްނިކާންތު ލަންކާ ދަތުރު ކެންސަލްކުރުމުން އަންނާނެ ކަމަށް އުއްމީކޮށް ހިނގާލުމެއް
ރަޖްނިކާންތު ލަންކާއަށް ދަތުރުކުރަން ހަމަޖެހިފައި އޮތީ ގަނަމް ފައުންޑޭޝަނުން އަޅައިދިން 150 ގެއެއްގެ ތަޅުދަނޑި ހަވާލުކޮށްދިނުމަށް

ސްރީލަންކާއަށް ވަރަށް އަވަހަށް ދަތުރެއް ކުރާނެ ކަމަށާއި ލަންކާގެ ރައްޔިތުން ދެމުންދާ ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް ބޮލީވުޑްގެ ތަރި ރަޖްނިކާންތު ބުނެފިއެވެ.

އޭނާ މިހެން ބުނެފައި ވަނީ ލަންކާއަށް ކުރަން ހަމަޖެއްސި ދަތުރެއް ކެންސަލް ކުރަން ޖެހުމުން ލަންކާގެ ތަމަޅައިންނަށް ފޮނުވި ސިޓީއެއްގައެވެ.

" ތިބޭފުޅުންވާ ލޯބިވާވަރު އަހަންނަށް އެނގުނީ މީޑިއާ މެދުވެރިކޮށް. ތިޔަ ލޯޔްބާ ތި ޝައުގުވެރިކަމަށް ޝުކުރު އަދާކުރަން ބޭނުންކުރާނެ ބަހެއް ނެތް" ރަޖްނިކާންތު ބުނެފައިވެއެވެ.

ސްރީލަންކާއަށް ކުރަން އޮތް ދަތުރު ރަޖްނިކާންތު ކެންސަލް ކުރީ އޭނާ ދިރިއުޅޭ ސްޓޭޓްގެ ތަމަޅައިންގެ ތެރެއިން އިދިކޮޅު ފަރާތަކާ ބައްދަލުކުރުމަށް ފަހުއެވެ.

އޭނާގެ ދަތުރު ހަމަޖެހިފައި އޮތީ ގެދޮރު ގެއްލިފައިތިބި ތަމަޅައިންނަށް ގަނަމް ފައުންޑޭޝަނުން އަޅައިދިން 150 ގެއެއްގެ ތަޅުދަނޑި ހަވާލުކޮށްދިނުމަށެވެ.

ގަނަމް ފައުންޑޭޝަނުން ގެންދަނީ ލަންކާގެ ދާޚިލީ ހަނގުރާމައިގައި ގެދޮރު ގެއްލިފައިތިބި ފަރާތްތަކަށް ގެދޮރު ބިނާކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ދަތުރު ކެންސަލް ކުރުމުން ލަންކާގެ ޖަފްނާގެ ތަމަޅައިންވަނީ މަގުތަކަށް ނުކުމެ ރަޖްނިކާންތަށް ތާއީދުކޮށް އޭނާ އަންނާނެ ކަމުގެ އުންމީދު އޮތްކަން ހާމަކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް