ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ނުލިބޭތީ ކޮމިއުނިކޭޝަން އޮތޯރިޓީ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ތަރިކައިގެ ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް، ފޮނުއްވެވި ސިޓީއެއްގައި އޭނާ ވިދާޅުވީ، ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅަކީ ވަޒީފާ އަދާކުރާ ފަރާތްތައް ގޭގައި ތިބެގެން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން މަޖުބޫރުވެ ދަރިވަރުންވެސް އެމީހުންގެ ކިޔެވުން ގޭގައި ތިބެގެން ކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅަކަށްވީ ނަމަވެސް މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ.
އެހެންކަމުން ކޮމިއުނިކޭޝަން އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުންނުދަނީ ކީއްވެތޯ ސާފުކުރުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން އެ އެއޮތޯރިޓީގެ އިސްވެރިން ގަައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީއަށް ހާޒިރު ކޮށްދެއްވުން އެ ސީޓީގައި މީކައިލް އެދިވަޑައިގެންނެވިއެވެ.